|
މަޤާމް:
|
ޒަކާތު ކައުންސިލްގެ މެންބަރު
|
|
މެންބަރުން ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
|
ޝަރުތުތައް:
|
ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކުގައި، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
- އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކު ކަމުގައިވުން.
- ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
- ކުރިމަތިލާ މީހަކީ ދިވެހި ރައްޔިތެއް ކަމުގައިވުން
|
|
މަސްއޫލިއްޔަތުތައް:
|
- މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތުގެމަތިން މި ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ ކަންކަމުގައި މިނިސްޓަރަށް ލަފާ ދިނުން.
- މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޒަކާތު ހައުސްއަށް ލަފާ ދިނުން؛
- މި ޤާނޫނާ އެއްގޮތަށް ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާކަން ކަށަވަރުކުރުން؛
- ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ލަފައެއް ހޯދަން ކައުންސިލަށް ފެންނަ ކަންކަމުގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދުން؛
- ޒަކާތުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރެވޭނެ ގޮތްތައް ދިރާސާކުރުމާއި އެފަދަ ދިރާސާތަކުގެ އަލީގައި ޒަކާތުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާމެދު މިނިސްޓަރަށް ލަފާ ދިނުން؛
- ޒަކާތު ފަންޑުން ފައިސާ ހޭދަކުރާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ހޭދަކުރާނެ ފައިސާގެ މިންވަރުތަކާ ގުޅޭގޮތުން ޒަކާތު ހައުސްއަށް ލަފާ ދިނުން؛
- ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީކުރުވުން؛މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޒަކާތު ކައުންސިލުން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
|
|
އުޖޫރަ:
|
އުޖޫރަ ދެވޭނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
|
|
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު؛
- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)؛
- ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން)؛
- މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު؛
- މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛
- މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތައުލީމީ ސެޓްފިކެޓް؛
- މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތަޖުރިބާގެ ލިއެކިޔުން؛
- ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު.
|
|
މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ
|
އެކަކަށް ވުރެގިނަ ފަރާތުން ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއުކުރުމަށްފަހުއެވެ.
|
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:
|
މެންބަރުކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އީ-މެއިލް [email protected] އަށް ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރަށެވެ.
|