ދިވެހިރާއްޖެ
އިޢުލާނު
މި އިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން.
މި އިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
އިންޖީނުގެ މަޢުލޫމާތު.
- 2 އިންޖީނު ޔަމަހާ އައުޓްބޯޑު 200 ހޯސްޕަވަރ 4 ސްޓްރޯކް
- އެޅިފަހުން ވީ މުއްދަތު: 7 އަހަރު
- އިންޖީނު އޯވަހޯލް ކުރި ތާރީޚު: 10 ޖޫން 2012
- އޯވަހޯލަށް ފަހު ބޭނުން ކުރި މުއްދަތު: 880 ގަޑިއިރު
- މިހާރުގެ ހާލަތު ނުދުއްވާތާ 1 އަހަރު ވުމުގެ ސަބަބުން ސްޓާޓްކުރަން ދަތިވުމާއި، ސްޕީޑް ނުލިބުން.
- 2 އިންޖީނު ހުންނާނީ އެމް. ޓީ. ސީ. ސީ ތިލަފުށީ ސައިޓުގައެވެ. އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެސައިޓަށް ވަޑައިގެން 7612483 އަށް ގުޅުއްވުމުން ބެއްލެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
ފެށޭއަގު:
2 އިންޖީނުގެ ނީލަން ފެށޭ އަގަކީ 100،000.00 (އެއްލައްކަ) ރުފިޔާ އެވެ. އަގައް އިތުރު ކުރެވޭނީ މަދުވެގެން 5،000.00 (ފަސްހާސް) ރުފިޔާ.
ނީލަން ފަށާ ތާރީޚު:17 ނޮވެންބަރު 2015 ނިންމާ ތާރީޚު: 05 ޑިސެމްބަރ 2015 ދުވަހުގެ ރޭ 00:00 އައެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ނީލަން ކިއުމަށް ތައްޔާރު ކުރެވިފައިވާ "ނީލަންކިއުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވެލައްވަމުން ގެންދެވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަންކިއުމުގެ އުސޫލުގައިވާ ނަމޫނާ ސިޓީއާ އެއްގޮތަށް ސިޓީލިޔުއްވައި ފޮނުއްވާނީ މި އިދާރާގެ އިމެއިލް: [email protected] އަށް ނުވަތަ މި އިދާރާގެ 6720017 ނަންބަރު ފެކްސް އަށެވެ.
ނީލަންކިއުމުގެ އުސޫލު މި އިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ހުށަހަޅުއްވާ އަގުތައް އާންމުކުރުން
ނީލަމަށް ހުށަހަޅަމުންދާ އަގުތައް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މިއިދާރާގެ ވެބްސައިޓް: www.meem.gov.mv ގައި ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާފައިވާ އެންމެ މަތީއަގު ފެންނާނެހެން ޝާއިޢު ކުރެވިފައި ހުންނާނެއެވެ.
ނީލަން ނިންމަން ކަނޑައަޅާފައިވާ ތާރީޚުގައި ހުށަހަޅުއްވާފައިވާ އެންމެ މަތީ އަގަކީ އެކަށީގެންވާ އަގެއްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމައިލެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
03 ޞަފަރު 1437