ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IUL334/334/2015/101
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 09 ޑިސެންބަރު 2015 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްތައް މިކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި ރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ކުރެހުމުގައިވާ ކޭބަލްތައް މި ކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، 09 ޑިސެންބަރު 2015 ވަނަ ދުވަހުގެ  13:30ގައި މަޢުލޫމާތު ސާފުކުރުން މި އިދާރާގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައެޅޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ގުޅުންވާނީ 7993018/6640074 ނަންބަރު ފޯނާއެވެ.

މި ކައުންސިލުން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ކުންފުންޏެއްގެ ފަރާތުން ފޮނުވި މީހެއްކަން ބަޔާންކުރައްވާ ކުންފުނީގެ ލެޓަރހެޑްގައި ލިޔުއްވާފައިވާ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މި ރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ކޭބަލްތައް ވިއްކާނެ ފަރާތެއް ހޯދުމަށް އެދި މި ކައުންސިލުން ކޮށްފައިވާ ނަންބަރު: IUL334/334/2015/89 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައި ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

11 މުޙައްރަމް 1437   

15 ނޮވެންބަރު 2015