މަސައްކަތް
ނަންބަރު: (IUL)GS118/2025/16
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:39
ސުންގަޑި: 25 ޑިސެންބަރު 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ފޮއްދޫ ސްކޫލްގެ ހޯލް އަދި ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

ނަމްބަރު:16/2025/(IUL) GS118

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިސްކޫލްގެ ހުރިހައި ކްލާސްރޫމްތަކެއް އެއަރކަންޑިޝަންކުރުމަށްޓަކައި މިސްކޫލް ހޯލް އިމާރާތުގައިވާ ޕާޓިޝަން ތައް ބަދަލް ކުރުމާއި ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގައި ޑޯކްލޯޒަރ އެޅުވުމާއި ބައެއް ފެންލައިޓާއި ކުޑަދޮރުތަކުގެ ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތައް

  1. ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިސްކޫލްގެ ހުރިހައި ކްލާސްރޫމްތަކެއް އެއަރކަންޑިޝަންކުރުމަށްޓަކައި މިސްކޫލް ހޯލް އިމާރާތުގައިވާ ޕާޓިޝަން ތައް ބަދަލް ކުރުމާއި ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގައި ޑޯކްލޯޒަރ އެޅުވުމާއި ބައެއް ފެންލައިޓާއި ކުޑަދޮރުތަކުގެ ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18ޑިސެމްބަރ 2025 އިން 22  ޑިސެމްބަރ 2025 ވަނަ ދުވަހުގެ 12:00 ކުރިން ކުރިން މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22  ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ނުވަތަ މިސްކޫލްގެ ނަމްބަރ 6560570 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައިމިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. ބިޑް ހުށައެޅޭނީ ކަނޑައެޅިފައިވާ ތާރީޚްގައި ނަން ނޯޓްކޮށް، މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

 

6. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

18 ޑިސެންބަރު 2025