ވަޒީފާގެ ފުރުޞަތު
ނަންބަރު: S2C-A/2015/04
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 24 ނޮވެންބަރު 2015 12:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޯޓް އޮފިސަރ (މިއީ ދާއިމީ މަޤާމެކެވެ.)

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

  ޖީ. އެސް. 3

އަސާސީ މުސާރަ:

-/4465 ރުފިޔާ

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: -/1500 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ.

- ލިވިންގ އެލަވަންސް: -/2550 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން.

2. މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ، ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން.
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ޤަވާޢިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.
  3. ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމް ފުރިހަމަކުރުން.
  4. ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓުތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.
  5. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
  6. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.
  7. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.
  8. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
  9. މި ކޯޓަށާއި އެހެން ކޯޓްތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާ، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުން.
  10. އެކިއެކި އިމާރާތްތަކާއި، ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން.
  11. ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

ނޯޓް:

މި މަޤާމަށް ކުރިމަތިލާ ފަރާތްތައް 20 ފަރާތަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން، ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 20 ފަރާތެވެ.

 

ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)   

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ  އަޞްލުގެ ކޮޕީ) (މިގޮތަށް ނެތް ހުށަހެޅުންތައް ބާޠިލްކުރެވޭނެ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2015 ނޮވެންބަރު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

ފޯނު ނަންބަރު: 6885571 ފެކްސް ނަންބަރު: 6885570    

30 ޞަފަރު 1437

12 ނޮވެންބަރު 2015