ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) WMC/GOV/2015/6
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 25 ނޮވެންބަރު 2015 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

 

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

ޢިނާޔަތްތައް

-/12،000 ރުފިޔާއާއި -/17،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  1. އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކު ގެ އޮނިގަނޑުގެ ލެވެލް 7 ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުގެ މަސައްކަތްތައް ޕްލޭންކޮށް ތަރައްޤީކުރުމަށް ކުރެވޭ ދިރާސާތަކާއި އެސެސްމަންޓްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކުނި މެނޭޖްކުރުމުގެ ދާއިރާއާ ގުޅުންހުރި ފަރާތްތަކާއެކު (ސްޓޭކްހޯލްޑަރުންނާއެކު) މަސައްކަތްކުރެވޭނެ މޮޑެލްތަކެއް ރޭވުމުމާއި، ހަމަޖެހޭ އުސޫލުތަކެއްގެމަތިން އެއެހީތެރިކަން ފޯރުކޮށްދިނުން.
  3. ކޯޕަރޭޝަނުގެ މަސައްކަތްތަކަށް އާއްމު ފަރުދުން އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި މަސައްކަތްކުރުން.
  4. ކޯޕަރޭޝަނުން ފޯރުކޮށްދެވޭ ޚިދުމަތްތައް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި އެކުލަވައިލެވޭ މޮނިޓަރިންގ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  5. ކޯޕަރޭޝަނުގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރިއަށްގެންދިއުމުގައި ބޭނުންކުރާ އެކްޝަން ޕްލޭނުގައިވާ މަސައްކަތްތައް ކުރިއަށްގެންދިއުން.
  6. ކޯޕަރޭޝަނުން ތައްޔާރުކުރާ ތަފާތު އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތުތައް ޑިޕާޓްމަންޓްތަކުން ގަވައިދުން ހޯދައި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  7. ކޯޕަރޭޝަނުގެ މަސައްކަތްތައް ވަކި ހަމަތަކެއްގެމަތިން ކުރިއަށްގެންދިއުމަށްޓަކައި ތައްޔާރުކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) ތައް އެކުލަވައިލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޯޕަރޭޝަނުގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 3018329 ނަންބަރު ފޯނަށް ނުވަތަ 3018330 ނަންބަރު ފޯނަށް 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  •  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2015 ނޮވެންބަރު 25 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުން.    

އިންޓަވިއު:

އިންޓަވިއުއާއި އިމްތިޙާން ކުރުން 25 ނޮވެންބަރު 2015 އާއި 28 ނޮވެންބަރު 2015 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި އޮންނާނެއެވެ.

ނޯޓު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

7 ޞަފަރު 1437  

19 ނޮވެންބަރު 2015