ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2025/255
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 23 ޑިސެންބަރު 2025 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ-އޮޕަރޭޝަންސް

މަޤާމް

ސީނިއަރ އޮފިސަރ-އޮޕަރޭޝަންސް

މަޤާމުގެ ރޭންކް

L7 - D4

ބޭނުންވާ އަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

އޮޕަރޭޝަންސް އެންޑް އިންފްރާސްޓްރަކްޗަރ މެއިންޓެނަންސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު - ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

 -/8,100 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ހުރުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަންޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހުގެ މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކޮންޕިއުޓަރ ބޭސިކްސް އެނގުން؛
  • މެއިންޓަނަންސް މަސައްކަތުގެ ތަޖްރިބާ ހުރުން؛
  • އޭސީ އަދި އިލެކްޓްރިކް މަސައްކަތުގެ ތަޖްރިބާ ހުރުން؛
  • މަސައްކަތަށް ފަރުވާތެރި އަމާނާތްތެރި ނަޒާހަތްތެރި މީހެއްކަމުގައިވުން؛
  • އެހެން މީހުނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ކަމުގައި ވުން؛  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ  އިލެކްޓްރިކް އެންޑް އޭސީ މެއިންޓަނަންސް ޔުނިޓްގެ  މަސައްކަތްތައް ( މާލޭގައި ހުންނަ އިމަރާތްތަކާއި މާލެ ނޫން ސަރަޙައްދުތަކުގައި ހުންނަ ޢިމާރާތްތައް ވެސް ހިމެނޭގޮތުން) ވިލަރެސް ކޮށް ބެލެހެއްޓުން؛
  • ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތައް ތަންފީޒުކުރުމުގައި ސްޕަވައިޒަރެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރުން؛
  • ކުންފުނީގެ އެކި އެކި ކަންކަމަށް ބޭނުންކުރުމަށްޓަކައި، ކުންފުނީގެ އިލެކްޓްރިކް އެންޑް އޭސީ މެއިންޓަނަންސް ޔުނިޓާ ޙަވާލުކުރެވިފައި އެންމެހާ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ އެހެނިހެން ތަންތަން ސާފްކުރުމުގެ މަސައްކަތް ވިލަރެސް ކޮށް ބެލެހެއްޓުން؛
  • ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ތަންތަނުގެ އެންމެހައި އިލެކްޓްރިކް އަދި އޭސީގެ ކަންތައް (މާލޭގައި ހުންނަ ޢިމަރާތްތަކާއި މާލެ ނޫން ސަރަޙައްދުތަކުގައި ހުންނަ ޢިމާރާތްތައް ވެސް ހިމެނޭގޮތުން) ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން؛
  • ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ތަންތަނުގެ އެންމެހައި އިލެކްޓްރިކް އަދި އޭސީގެ ކަންކަން (މާލޭގައި ހުންނަ ޢިމަރާތްތަކާއި މާލެ ނޫން ސަރަޙައްދުތަކުގައި ހުންނަ ޢިމާރާތްތައް ވެސް ހިމެނޭގޮތުން) ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް ލޮގްގައި އަޕްޑޭޓްކުރަމުން ގެންދިއުން؛
  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުމަށް މަސައްކަތް ކުރުން؛
  • ކުންފުނީގެ ފަރާތުން ބަލަހަށްޓަންޖެހޭ އެންމެހާ ތަންތަނުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި، މޮނިޓަރކުރުމާއި އަދި ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 ޑިސެމްބަރު 2025 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228، 30003207 އަށް ގުޅުއްވުން އެދެމެވެ.

18 ޑިސެންބަރު 2025