މަސައްކަތް
ނަންބަރު: GS-91/2015/12
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 30 ނޮވެންބަރު 2015 11:00
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން

މިމަދަރުސާގައި ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިމަދަރުސާއިން ކުރި ނަންބަރު 09/GS-91/2015 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، މިމަދަރުސާއިން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިމަދަރުސާގައި ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 30 ނޮވެންބަރު 2015ވާ ހޯމަ ދުވަހުގެ 11:00ގައި މިމަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 09 ޑިސެންބަރު 2015ވާ ހޯމަ ދުވަހުގެ 11:00ގައި ނޭކުރެންދޫ މަދަރުސާގެއެވެ. މިގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

04 ޞަފަރަ 1437

16 ނޮވެންބަރު 2015