މަސައްކަތް
ނަންބަރު: (IUL)170-PR/170/2025/195
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 28 ޑިސެންބަރު 2025 10:30
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އައްޑޫސިޓީގެ މަރަދޫ ފޭދޫ ލަރނިންގ ސެންޓަރުގެ ސެކިއުރިޓީ 02 (ދޭއް) އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އައްޑޫސިޓީގެ މަރަދު ފޭދޫ ލަރނިންގ ސެންޓަރުގެ ސެކިއުރިޓީ 02 (ދޭއް) އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އައްޑޫސިޓީ ލަރނިންގ ސެންޓަރުގެ ސެކިއުރިޓީ 02 (ދޭއް) އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

25 ޑިސެމްބަރު 2025ގެ 14:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން

28 ޑިސެމްބަރު 2025ގެ 10:30 ގައި

 

ބީލަން ހުށަހަޅާއިރު، ބީލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި12،000ރ (ބާރަހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް 90 ދުވަހުގެ ވެލިޑިޓީއާއި އެކު ހުށަހަޅަންވާނެއެވެ. އަދި މި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ މުޅި ޖުމްލަ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %2 އެވެ.

 

27 ޖުމާދަލް އާޚިރާ 1446

17 ޑިސެންބަރު 2025