ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމާއިބެހޭ ޤަވާޢިދު (2013/R-58) ގެ ދަށުން އދ.ދިގުރަށުގެ ކުނިމެނޭޖް ކުރުމާބެހޭ ޢުސޫލާއި އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލުން ފޯރުކޮށްދޭ ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިނުވާ ގިނަ ޢަދަދެއްގެ ގެސްޓްހައުސް، ރެސްޓޯރަންޓް، ފިހާރަ އަދި ގޭގެއާއި ވަކި ބިސީތައް ހުރިކަން ފާހަގަކުރެވިފައިވާތީ، 31 ޑިސެމްބަރު 2025 ގެ ނިޔަލަށް ކުނި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި ޚިދުމަތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ރަޖިސްޓްރޭޝަން ލިންކްއަށް ވަންނަވާ، އޮންލައިން ފޯމު ފުރިހަމަ ކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/WdMvVSPGQMEAbYre6
ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކުން ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާ ކުންޏަށް، މަތީގައި ދެންނެވިފައިވާ އުޞޫލްގައިވާ ގޮތުގެމަތިން ޗާޖްކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާނުކުރީމެވެ.