ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2025/61
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 28 ޑިސެންބަރު 2025 00:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ލީގަލް ކައުންސެލް

މި ކޯޓުގެ އެސޯސިއޭޓް ލީގަލް ކައުންސެލްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު (IUL)197-A1/1/2024/51 (16 ސެޕްޓެންބަރު 2024) އިޢުލާން އަދި ނަންބަރު (IUL)197-A1/1/2025/11 (13 މާރިޗު 2025) އިއުލާން ބާޠިލްކޮށް އަލުން މި މަޤާމަށް އިޢުލާން ކުރަމެވެ.

އިޢުލާނު

މަޤާމު:

ލީގަލް ކައުންސެލް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މުސާރަ:

19,915/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަގާމުގެ އެލަވަންސް: 11,405/-ރ
  • ޙާޒިރީ އެލަވަންސް (ހާޒިރުވާ ދުވަހަކަށް): 310/-ރ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނަކާގުޅިގެން ނުވަތަ ސުޕްރީމް ކޯޓުގެ ނިންމުމަކާގުޅިގެން ލީގަލް ރިސޯސް ސެކްޝަނުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން އަދި އަލަށް ތަޢާރަފްކުރެވޭ ޤާނޫނުތަކާއި އިޞްލާޙްކުރެވޭ ޤާނޫނުތައް ދެނެގަނެ އެ މަޢުލޫމާތުތައް ފަނޑިޔާރުންނާ ޙިއްޞާކުރުމާއި ޤާނޫނުތަކާއި ޝަރުޢީ އަދި ޤަޟާއީ ކަންތައްތަކާ ގުޅުންހުރި އެކި ދިރާސާ ރިޕޯޓް ތައްޔާރުކޮށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުން.
  2. ޖުޑީޝަލް ޕޮލިސީތަކާއި ޢަމަލުކުރާ އުސޫލުތަކާ ގުޅިގެން ކޯޓަށް ބޭނުންވާ ދިރާސާކުރުމާއި އަދި ކޯޓުގެ ޒިންމާތައް އެންމެ ފުރިހަމަކޮށް އަދާކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ދިރާސާތައް ކުރުމާއި ކޯޓުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި އާންމުކުރަންޖެހޭ ލިޔުންތައް އާންމުކުރުން.
  3. ކޯޓުގެ އިޖުރާއާތުތަކާއި ޚިދުމަތްތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދޭންޖެހޭ އިރުޝާދު ދިނުމާއި އިންތިޒާމްތައް ހަމަޖެއްސުން.
  4. ޤާނޫނީ އަދި ޝަރުއީ ދިރާސާތައް ކުރުމަށްޓަކައި ކޯޓަށް ބޭނުންވާ ރިފަރެންސް މެޓީރިއަލްތަކާއި ފޮތްތައް ދެނެގަނެ، އެ ފޮތްތައް ފެސޭހައިން ބެލެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސުން.
  5. ކޯޓުން ޝާއިޢުކުރާ ޤާނޫނީ އަދި ޝަރުޢީ ލިޔުންތަކާއި ރިޕޯޓުތައް، އާއްމުކޮށް ޝާއިޢުކުރުމުގައި ކަމާބެހޭ ސެކްޝަނަށް އިރުޝާދު ދިނުމާއި އެކަން ހިނގާނުހިނގާގޮތް މޮނީޓަރކޮށް ބެލެހެއްޓުން.
  6. ކޯޓުގެ ބޭނުމަށް އެކުލަވާލެވޭ ކޮމިޓީތަކާއި، ޝަރުޢީ ދާއިރާއާ ގުޅޭ ކަންކަމުގައި އެކުލަވާލެވޭ ސްޓޭކްހޯލްޑަރ ކޮމިޓީތަކުގައި ކޯޓު ތަމްސީލުކުރުން އަދި ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރަންޖެހޭ އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުމާއި ބިލްތަކަށް ކޮމެންޓު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. މިނޫނަސް ލީގަލް ރިސޯސް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ލީގަލް އެންޑް ކޯޓު ސަރވިސް ޑިވިޜަންގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ؛

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ؛

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއޖޭގެ ޤައުމީ ސަނަދުތަކުގެ އިނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރޭގައި މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ލޯ، ޝަރީޢާ، ޝަރީޢާ އެންޑް ލޯ

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން:

 ލޯ، ޝަރީޢާ، ޝަރީޢާ އެންޑް ލޯ

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް:

ލޯ، ޝަރީޢާ، ޝަރީޢާ އެންޑް ލޯ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޤާނޫނީ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ)މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1.    ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭގޮތަށް)؛

2.2.    މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭގޮތަށް)، ނުވަތަ

2.3.    ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛

2.4.    ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5.    އަނބިމީހާ ނުވަތަ ފިރިމީހާ؛

2.6.    ފަހަރި ނުވަތަ ޅިޔަނު (ތިމާ އިންދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

2.7.    މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

2.8.    ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

2.9.    ދެބޭންގެ ދެދަރި މީހަކު.

ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި މިކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.supremecourt.mv/downloads
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

               

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޑިސެންބަރު 2025 ގެ 12:00ގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 29 ޑިސެންބަރު 2025 އާއި 29 ޖަނަވަރީ 2026 އާ ދެމެދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ www.supremecourt.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009990 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް  (pdf)  ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

17 ޑިސެންބަރު 2025