ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން ފޯރުކޮށްދެވޭނެއެވެ.
ރަޖިސްޓްރީކުރުން
- ރަޖިސްޓްރީ ކުރުމުގެ ސުންގަޑި: 08 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
- ރަޖިސްޓްރީ ކުރުމަށްޓަކައި މިއިޢުލާނާ އެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
މަޢުލޫމާތު ދިނުން
- ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް 2026 ޖެނުއަރީ 11 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ކ. ތުލުސްދޫ ގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރި ހުރިހާ ފަރާތްތައް މިމައުލޫމާތު ސެޝަންގައި ބައިވެރިވުމަކީ ވަރަށް މުޙިއްމު ކަމެކެވެ.
ބީލަން ހެށަހެޅުމާއި ބީލަން ކެނޑުން
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 2026 ޖެނުއަރީ 18 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ކ. ތުލުސްދޫ ގައެވެ.
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެގެން ޤަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.