މަސައްކަތް
ނަންބަރު: BML/PD/ERP-BID/2015/058
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 25 ނޮވެންބަރު 2015 13:00
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
އެޑްޕްލޭޔަރސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް އެޑްޕްލޭޔަރސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

25 ނޮވެންބަރު 2015

ބުދަ

މެންދުރުފަހުގެ 13:00

އަންދާސީހިސާބު ހުށަހެޅުން

06 ޑިސެންބަރު 2015

އާދީއްތަ

މެންދުރުފަހުގެ 13:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 ޞަފަރު 1437

16 ނޮވެންބަރު 2015