ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2025/138
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 31 ޑިސެންބަރު 2025 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމްވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޚާފިޡުން ހޯދުމާއި ގުޅޭ

 

 ނަންބަރު: (IUL)320-PRM/320/2025/138

 

އިޢުލާން

 

1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމްވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޚާފިޡުން ހޯދުމާއި ގުޅޭ

            1447 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތް އަދި މަސްޖިދު މުޙައްމަދު ޢަލީ މިސްކިތުގައި، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި 2 ޚާފިޡުން ހޯދަން ބޭނުންވެއެވެ.

            މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ލިޔެކިޔުންތައް ފުރިހަމަކޮށް 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތައް:

  • ·         ދިވެހި ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމު (ފޯމު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ)
  • ·         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ·         ޙާފިޡުކަމުގެ ސެޓްފިކެޓް ނުވަތަ ލިޔުން

އުޖޫރަ (އެލަވަންސް)

  • ·         އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ދިވެހި ޙާފިޡަކަށް ކޮންމެ ރެޔަކަށް 500/- (ފައްސަތޭކަ ރުފިޔާ) ގެ އެލަވަންސްއެއް ލިބިލައްވާނެއެވެ.

 

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           27  ޖުމާދަލްއާޚިރާ   1447ހ

17 ޑިސެންބަރު 2025