ދިވެހިރާއްޖެ
މ.މުލަކު މާރަނގަ ގެސްޓްހައުސް ވަށާފާރު ރޭނުމަށް ބޭނުންވާ އެޅިގާ ހޯދުމަށް
މުލަކަތޮޅު މުލަކު މާރަނގަ ގެސްޓްހައުސް ވަށާފާރު ރޭނުމަށް ބޭނުންވާ އެޅިގާ ހޯދުމަށް ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވައި މަޢޫލޫމާތަށް ބަލައި ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މުލަކަތޮޅު މުލަކު މާރަނގަ ގެސްޓްހައުސް ވަށާފާރު ރޭނުމަށް ބޭނުންވާ އެޅިގާ ހޯދުން
- ދެންނެވިފައިވާ އެޅިގާ މާރަނގަ ގެސްޓްހައުސަށް ގެނެސް ކައުންސިލުން ދައްކާ ތަނެއްގައި ބަހައްޓަދޭންވާނެއެވެ.
- 2000 އެޅިގާ / 4 އިންޗީގެ
ކޯޓޭޝަން ހުށަހެޅުން އޮންނާނީ 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި ކޯޓޭޝަން އާއެކު ތިރީގައި މި ދަންނަވާ ކަންތައްތަކަށް ސަމާލުވާން ވާނެއެވެ.
- ޖީ އެސްޓީ ނަންގަވާ ތަންތަނުން އަގު ޖައްސަވާއިރު ޖީއެސްޓީ ހިމަނުއްވާފައި އަގު ޖެއްސެވުން އެދެމެވެ.
- ހުށަހެޅޭ ކޯޓޭޝަންގައި މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ނިމޭމެ މުއްދަތު ( ދުވަހުގެ އަދަދު ) ހިމަނަންވާނެއެވެ.
- މިކަމަށް އެދި ހުށަހެޅޭ ކޯޓޭޝަން އެޑްރެސް ކުރަންވާނީ " މ.މުލަކު ކައުންސިލްގެ އިދާރާ " އަށެވެ.
- ކޯޓޭޝަން އާއި އެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީ ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް އިން ދޫކޮށްފައިވާ ޕްރޮފައިލް ކޮޕީ ހުށަހަޅަންވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް
މުލަކަތޮޅު މުލަކުކައުންސިލް އިދާރާ / މ. މުލައް
ފޯން: 6723713 ނުވަތަ 6723711 ( ރަސްމީ ގަޑީގައި )
އީމެއިލް: [email protected]
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
27 ޖުމާދަލްއާޚިރް 1447
17 ޑިސެމްބަރ 2025