ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2025/181
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 31 ޑިސެންބަރު 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާގުޅޭ

އިޢުލާން

2026 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީ ކުލާހަށް ކުދިން ވެއްދުމާގުޅޭ

           މިކައުންސިލުން ހިންގަމުންދާ ބޭބީ ނާސަރީ އަދި ނާސަރީ ކުލާހަށް 2026 ވަނަ އަހަރަށް އަލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ކުލާސްތަކަށް ދަރިވަރުން ވެއްދުމަށްއެދޭ ފަރާތްތަކުން " ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު" ފުރިހަމަކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

           ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ 2025 ޑިސެމްބަރ 21 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ހެނދުނު 9:00 ން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.

           2026 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީ ކުލާސްތަކަށް ކުދިންވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.

ބޭބީ ނާސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2025