ދިވެހިރާއްޖެ
(PP)320-PRM/320/2025/2
ކުލަބް ޖަމްޢިއްޔާތަކަށް އޭދަފުށިން ބިންދޫކުރުމުގެ އުޞޫލު
|
މިއީ، ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (މ) ގެ ދަށުން ބާރުލިބިގެން، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި އިން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކި ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތައް ދޫކުރުމުގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުން ޢަމަލުކުރާނޭ ގޮތްތަކާއި، ހަމަތައް ބަޔާންކުރާ އުސޫލެކެވެ. |
(ހ) |
|
ތަޢާރަފާއި ނަން |
||
|
މި އުސޫލަށްކިޔާނީ، "ޖަމްޢިއްޔާ ޖަމާއަތްތަކަށް އޭދަފުށިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ. |
(ށ) |
|
|
||
|
މިއުޞޫލުގެ މަޤުޞަދަކީ އޭދަފުށީގެ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިގެން، އޭދަފުށީގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް، ފަސޭހަކަމާއެކު އޭދަފުށީގައި ޙަރަކާތްތެރިވެ، ދީނީގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާޢީގޮތުން ޙަރަކާތްތެރިވުމުގެ ފަސޭހަ މާހައުލެއް ފަހިކޮށްދިނުމަށާއި އެފަދަ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. |
(ހ) |
|
މަޤުޞަދު: |
||
|
ޖަމްޢިއްޔާ ޖަމާޢަތްތަކަށް، ބިން ދޫކުރުމާއި، އަދި ދޫކޮށްފައިވާ ބިންތައް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބިން ބޭނުންކުރުމުގައި ބިން ދޫކޮށްފައިވާ ފަރާތް ޒިންމާދާރުވުމާއި، ބިމުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ކުރަމުންދޭތޯ ބަލައި ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން. |
(ށ) |
|
|
||
|
ޖަމްޢިއްޔާ ޖަމާޢަތްތަކަށް، ބިން ދޫކޮށް ފަހިކޮށްދެވޭ ފުރުޞަތުގެ ތެރެއިން އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުން ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ހިއްސާވާ މިންވަރު އިތުރުކުރުން. |
(ނ) |
|
|
||
|
މި އުސޫލު ހިންގާ ތަންފީޒުކުރާނީ، އޭދަފުށީ ކައުންސިލް އިދާރާއިންނެވެ. |
|
|
އުސޫލު ތަންފީޒުކުރުން |
||
|
މި އުސޫލުގެ ދަށުން ބިން ދޫކުރެވޭނީ، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ، އޭދަފުށްޓަށް ނިސްބަތްވާ، އޭދަފުށީގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ތަކަށެވެ. |
|
|
މިއުޞޫލުގެ ދަށުން ބިން ދޫކުރެވޭނޭ ފަރާތްތައް: |
||
|
މި އުސޫލުގެ ދަށުން ކައުންސިލުން ދޫކުރާ ބިންތަކުގެ ބޮޑުމިން، 1200 (ބާރަސަތޭކަ) އަކަފޫޓައްވުރެ ބޮޑުވެގެން ނުވާނެއެވެ. |
|
|
ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން |
||
|
މި އުސޫލުގެދަށުން ބިން ދޫކުރުމުގައި އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކުރެވޭނެއެވެ. |
|
|
ބިންދޫކުރުމުގައި ބަލާނެ މިންގަޑުތައް: |
||
|
އޭދަފުށީގައި ޙަރަކާތްތެރިވުމަށް ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާއަކަށްވުން. އަދި ޖަމިއްޔާއަކީ އަހަރުން އަހަރަށް މިނިސްޓްރީއަށް އަހަރީ ރިޕޯޓް ފޮނުވާ ޖަމިއްޔާއަކަށްވުން. |
(ހ) |
|
|
||
|
ޖަމްޢިއްޔާގެ މަޤުޞަދުގެތެރޭގައި އޭދަފުށީގެ ރައްޔިތުންނަށް، ދީނީ އަދި އިޖުތިމާޢީގޮތުން ހޭލުންރިކަން އިތުރުކުރުމާއި، ކުޅިވަރު ކުރިއެރުވުން ހިމެނިފައިވުން. |
(ށ) |
|
|
||
|
ރަށުގެ ތަރަށްގީއާއި، ރައްޔިތުންގެ ލާބައަށް މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ ޖަމުޢިއްޔާ ނުވަތަ ޖަމާއަތެއް ކަމުގައިވުން؛ |
(ނ) |
|
|
||
|
ޖަމްޢިއްޔާގައި އޭދަފުށީގެ ރަށްވެހިންގެތެރެއިން މަދުވެގެން (30 މެމްބަރުން) މީހުން މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވުން. |
(ރ) |
|
|
||
|
މެދުނުކެނޑި ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގާތާ (5 އަހަރު) އަހަރު ވެފައިވާ ޖަމްޢިއްޔާއަކަށްވުން. |
(ބ) |
|
|
||
|
ބިމަށްއެދި ހުށައަޅާ ޕްރޮޕޯސަލްއާއިއެކު ހުށައަޅާ، ބިން ބޭނުންކުރާނޭގޮތުގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ފީސިބަލްވުން. |
(ޅ) |
|
|
||
|
ޖަމްޢިއްޔާގެ މާލީހާލަތު އަންގައިދޭ ލިޔުންތަކުން، ބިމެއް ތަރައްޤީކޮށް ހިންގިދާނޭފަދަ ޤާބިލްކަން ހުރުން. (ޕްލޭންއެއް) ތަރައްޤީ ކުރުމުގެ ޕްލޭންއެއް ހުށަހަޅަން |
(ކ) |
|
|
||
|
މި އުސޫލުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ޖަމްޢިއްޔާ ޖަމާއަތްތަކަށްވެސް ދޫކުރެވޭނީ 1 (އެކެއް) ބިމެވެ. |
(އ) |
|
|
||
|
ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ޖަމިއްޔާއަކަށްވުން. |
(ވ) |
|
|
||
|
ރަށުގައި ތަފާތު ހަރަކާތްތައް ހިންގާ ޖަމިއްޔާއެއްކަމުގައިވުން. |
(މ) |
|
|
||
|
މި އުސޫލުގެ ދަށުން ބިން ހޯދުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުންމި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން ހުށަހެޅި ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްތޯބަލައި، ބިން ހޯދުމަށް އެދޭފަރާތަކީ އެ މިންގަނޑަށްފެތޭ ފަރާތަކަށްވާނަމަ، އެޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކުރާނެ ބިން ކަނޑައަޅާނީ ކައުންސިލުންނެވެ. (ނުވަތަ ކައުންސިލްގެ ރަސްމީ ޖަލްސާއިން) |
(ހ) |
|
މިއުޞޫލުގެދަށުން ބިން ދޫކުރުން: |
||
|
މި އުސޫލުގެ ދަށުން ކައުންސިލުތަކަށް ބިން ދޫކުރާނީ އެގްރިމެންޓެއްގެ ދަށުން އެ ބިން އެ ޖަމިއްޔާއަށް ބޭނުންކުރެވޭގޮތަށެވެ. |
(ށ) |
|
|
||
|
މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ހޯދުމަށް އެދޭ ޖަމްޢިއްޔާ ޖަމާއަތްތަކުން އެދެންވާނީ، ކައުންސިލުން އެކަމަށް ކަނޑައަޅާ ހާއްސަކޮށް، މި އުސޫލުގެ ޖަދުވަލު 1 ގައި ވާ ފޯމު ފުރިހަމަކޮށް އެ ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކަކާއި އެކު ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ. |
(ހ) |
|
ބިން ހޯދުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުން އެދުން |
||
|
މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލަށް ލިބޭ ހުށަހެޅުންތަކާއި ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ބިން ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ގިނަވެގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، ބިން ދޫކުރުމާއި ގުޅޭގޮތުން ނިންމި ގޮތް އެ ހުށަހެޅި ފަރާތައް ލިޔުމުން އަންގަންވާނެއެވެ. |
(ށ) |
|
|
||
|
މި އުސޫލުގެ ދަށުން ކައުންސިލުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ކަނޑައެޅިފައިވާ ބިން ހޯދުމަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ. |
(ހ) |
|
ބިން ހޯދުމަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ޖަމާއަތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް |
||
|
ޤާނޫން ނަންބަރ 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި އެ ޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އަދި ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ ފަރާތުން ބަލަހައްޓާ ޖަމްޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކަށް ވުމާއިއެކު، އެއްވެސް ސަބަބަކާއި ހުރެ އުވާލުމާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރަން ފަށާފައިވާ ޖަމްޢިއްޔާ ޖަމާއަތެއްކަމުގައި ނުވުން. |
(ށ) |
|
|||
|
އެ ޖަމްޢިއްޔާ ޖަމާޢަތެއްގެ ހިންގާ ޤަވާއިދާއި އެއްގޮތަށް ޢާންމު ޖަލްސާތަށް ބޭއްވި ޔައުމިއްޔާ ލިޔެ، ބަލަހައްޓާފައިވާ ޖަމްޢިއްޔާ ޖަމާއަތަކަށްވުން. |
(ނ) |
|
|||
|
އެ ޖަމްޢިއްޔާ ޖަމާޢަތެއެއްގެ ހިންގާ ޤަވާއިދާއި އެއްގޮތަށް ހިންގާ ކޮމެޓީގެ ޖަލްސާތައް ބޭއްވި ޔައުމިއްޔާ ލިޔެ، ބަލަހައްޓފައިވާ ޖަމްޢިއްޔާ ޖަމާއަތަކަށްވުން. |
(ރ) |
|
|||
|
އަދި މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަން ފުރިހަމަވާން ވާނެއެވެ. |
(ބ) |
|
|
||
|
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބިމުގެ މުއްދަތު އިތުރު ކުރުމުގައި އެއްބަސްވުމާއި އެއްގޮތަށް ޖަމިއްޔާއިން ޢަމަލުކޮށްފައިވާ މިންވަރަށް ކައުންސިލުން ރިޢާޔަތްކުރަންވާނެއެވެ. |
(ހ) |
|
ބިންދޫކުރެވޭނެ މުއްދަތު: |
||
|
މިއުޞޫލުގެދަށުން ދޫކުރެވޭބިން، އެ ޖަމްޢިއްޔާއަކުން އެކަށީގެންވާގޮތެއްގައި އެއްވެސް މަސައްކަތެއް ނުކުރާތާ 1 (އެކެއް) އަހަރުވެއްޖެނަމަ ބިން ވަކިކުރެވޭނެއެވެ. (އިމާރާތް ނުވަތަ ވަށާފާރު) |
(ހ) |
|
ބިން ވަކިކުރުން: |
||
|
އެއްވެސް ސަބަބަކާހުރެ ދައުލަތުގެ އިދާރާއަކުން ޖަމްޢިއްޔާ އުވާލުން، |
(ށ) |
|
|
||
|
ބިން ހަވާލުކުރުމަށްވެވޭ އެއްބަސްވުމުގައި ބިން ހަވާލުވާފަރާތުން ޢަމަލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ކަންތައްތަކަށް ޢަމަލުނުކުރުން. |
(ނ) |
|
|
||
|
ޖަމިއްޔާ އުވާލެވޭ ހާލަތުގައި ޖަމިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާކުރުމަށްފަހު ޖަމިއްޔާގެ މިލްކުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްހުރިނަމަ އެ މުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރުން. |
(ރ) |
|
|
||
|
މި މާއްދާގެ ދަށުން ޖަމިއްޔާގެ ކިބައިން ވަކިކުރާ ޙާލަތުގައި އެ ބިމަކަށް ޖަމިއްޔާއިން ކޮށްފައިވާ އިންވެސްޓްމަންޓަށް ކައުންސިލުން ބަދަލު ދޭކަން ނުޖެހޭނެއެވެ. |
(ބ) |
|
|
||
|
މި އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ޖަމްޢިއްޔާ ޖަމާއަތަށް ބިން ދޫކުރުމަށް ނިންމޭ ނިންމުކާއި ގުޅިގެން ޖަމްޢިއްޔާ ޖަމާއަތަށް ބިން ހަވާލުކުރަންވާނީ، މި އުސޫލުގެ 7 ވަނަ މާއްދާ އަދި މި މާއްދާ ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި ޚިލާފުނުވާނޭ ގޮތެއްގެ މަތިން ކައުންސިލާއި ބިން ދޫކުރެވޭ ފަރާތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ. |
(ހ) |
|
ބިން ދޫކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުން |
||
|
މި މާއްދާގެ (ހ) ގައި ބިން ދޫކުރުމުގެ ގޮތުން ކައުންސިލާއި ބިން ދޫކުރެވޭ ޖަމްޢިއްޔާ ޖަމާއަތާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައި އަންނަނިވި ޝަރުޠުތައް ކައުންސިލުން ހިމަނަންވާނެއެވެ. |
(ށ) |
|
|
||
|
ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ތަރަޙައިގެ ތެރޭގައިކަމާއި ބިމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރުން؛ |
(1) |
|
|
|
|
|
ބިމުގައި ރަށުގެ ޢާންމު މަސްލަޙަތު ގެއްލޭފަދަ ކަންކަމާއި، އާންމު ރައްޔިތުންނަށް އުނދަގޫ ވާފަދަ ކަންކަން ނުކުރުން؛ |
(2) |
|
|
|
|
|
ދޫކުރެވޭ ބިމުގައި، އިސްލާމް ދީނާއި ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ކަމެއް ނުވަތަ ޝިއާރެއް ބޭނުން ނުކުރުން؛ |
(3) |
|
|
|
|
|
ދޫކުރެވޭ ބިމުގައި، ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ހީނަރުކަން ލިބިދާނެ ފަދަ، ނުވަތަ ބޭރު ޤައުމަކާއި ގުޅޭގޮތުން ނުވަތަ އެފަދަ ޤައުމަކަށް ނިސްބަތްވާ ރައްޔިތުންނާއި މެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭ ޒާތުގެ އެއްވެސް ކަމެއް ނުކުރުން؛ އަދި ސިޔާސީ އެއްވެސް ހަރަކާތެއް ނުކުރުން. |
(4) |
|
|
|
|
|
ދޫކުރެވޭ ބިން، ނުވަތަ ބިމުން ބައެއް ނަމަވެސް، ކުއްޔަށް ދޫކުރަންވާނީ އެބިމާއި ހަވާލުވާ ޖަމްޢިއްޔާ ޖަމާޢަތުގެ ބެލުމުގެ ދަށުން އެފަރާތުން ޖާމިނުވާގޮތަށެވެ. ދޫކުރާ ބިމުގައި ވިޔަފާރިކުރުމަށްޓަކައި ވިޔަފާރި ހަރަކާތް ހިންގަންފެށުމުގެ ކުރިން ކުރަންބޭނުންވާ މަސައްކަތްތަކާއި ބިމަށް ގެންނަންބޭނުންވާ ބަދަލު ބަޔާންކޮށް ކައުންސިލަށް ހުށައަޅައިގެން ހުއްދަ ހޯދަންވާނެއެވެ. އަދި މިއުސޫލުގެ ދަށުން ހުއްދަ ހޯދުމަކާއިނުލާ ކުރަމުންގެންދާ ވިޔަފާރި މަސައްކަތްތައް ހުއްޓުވުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
(5) |
|
|
|
|
|
ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 1 (އަހަރު) ތެރޭގައި ބިން ބޭނުންކުރަން ފެށުމާއި، ބިމުގައި ޢަމަލީގޮތުން ޖަމްޢިއްޔާ ނުވަތަ ޖަމާޢަތުގެ ޙަރަކާތްތައް ހިންގަން ފެށުން. |
(6) |
|
|
|
|
|
އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، އެއްބަސްވުން ބާޠިލުކޮށް ބިން އަނބުރާ ކައުންސިލަށް ނެގުމާގުޅޭ ކަންކަން؛ އަދި |
(7) |
|
|
|
|
|
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި އުސޫލަކީ، އެކި ފަހަރު މަތިން މި އުސޫލަށް ގެނެވޭ އިސްލާޙުތައް ހިމެނޭގޮތުން، މި އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް ޝަރުޠުކުރުން. |
(8) |
|
|
|
|
|
ކައުންސިލުން ހިންގާ ހަރަކާތްތަކަށް ކައުންސިލުން އެދުމުން އެކަމަށް އެއްބާރުލުން ދިނުން. |
(9) |
|
|
|
|
|
އިދާރާއެއް ހުންނަން، ވިޔަފާރި ކުރުމުގެ ކުރިން |
(10) |
|
|
|
|
|
މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ކައުންސިލާއި ބިން ހަވާލުރާފަރާތާއި އެއްބަސްވާ އެންމެހާ މާއްދާއެއް ހިމެނިދާނެއެވެ. |
|
(ނ) |
|
|
|
|
އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޖަމްޢިއްޔާ ޖަމާއަތަކަށް ދޫކުރެވިފައިވާ ބިން ދޫކުރުމަށް ވެވިފައިވާ އެއްބަސްވުން ބާޠިލުކޮށް ކައުންސިލަށް ބިން އަނބުރާ ނެގުމުގެ ބާރު ކައިންސިލަށް ލިބިގެންވެއެވެ. |
(ހ) |
|
ދޫކުރެވިފައިވާ ބިން އަތުލުން |
||
|
ކައުންސިލާއި ބިން ދޫކުރެވޭ ޖަމްޢިއްޔާ ޖަމާއަތާއި ދެމެދު ވެވޭ އެއްބަސްވުމާއި އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމާއި ބިން ދޫކޮށްފައިވާ ޖަމިއްޔާއިން ޚިލާފުވުން. |
(ށ) |
|
|
||
|
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ، ސަރުކާރުގެ ބޭނުމަށް ބިން ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުން. |
(ނ) |
|
|
||
|
ދޫކުރެވިފައިވާ ބިމުގައި ޖަމްޢިއްޔާ ޖަމާއަތުން އެއްވެސް ހަރަކާތްތައް ނުހިންގާތާ މީލާދީގޮތުން 1 އަހަރު ދުވަސް ފާއިތުވުން. |
(ރ) |
|
|
||
|
ޖަމްޢިއްޔާ ޖަމާއަތުން އެއްވެސް ހަރާކާތެއް ނުހިންގުން ނުވަތަ އެ ޖަމްޢިއްޔާ ނުވަތަ ޖަމާއަތް އުވާލުން. |
(ބ) |
|
|
||
|
މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކުރީގެ މިނިސްޓްރީއަކުން އަދި އަތޮޅު އޮފީހުން ،ރަށު އޮފީސް އަދި ކައުންސިލް ތަކުން ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކޮށްފައިވާ ބިންތައް، ބޭނުންކުރުމުގައި މި އުސޫލަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން މި އުސޫލާއި އެއްގޮތަށް ޢަމަލުކުރަންވާނެއެވެ. |
(ހ) |
|
ކުރިން ދޫކޮށްފައިވާ ބިންތައް ބޭނުންކުރުމުގައި މި އުސޫލަށް ޢަމަލުކުރުން |
||
|
މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ބ. އޭދަފުށީގެ ޖަމްޢިއްޔާ ޖަމާއަތްތަކަށް ދޫކޮށްފައިވާ ބިންތައް ބޭނުންކުރުމުގައި މި އުސޫލާއި އެއްގޮތަށް ޢަމަލުކުރާކަން ބެލުމަށްޓަކައި، އެފަދަ ބިންތަކާ ގުޅޭގޮތުން އަންނަވި ކަންކަން ފުރިހަމަކުރަން އެންގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. |
(ށ) |
|
|
||
|
ބިންތައް ދޫކޮށްފައިވާ ފަރާތްތަކާއެކު މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްބަސްވުމެއް ހެދުން؛ |
(1) |
|
|
|
|
|
ބިން ދޫކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތް ހިންގުމާ ގުޅޭގޭގޮތުން މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފާއިތުވި އަހަރު ފުރިހަމަ ކޮށްފައިވާ ގޮތް އެގޭނެ ލިޔުން ހުށަހެޅުން؛ |
(2) |
|
|
|
|
|
މި މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް އެފަދަ ބިންތައް ދޫކުރެވިފައިވާ ފަރާތްތަކަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. |
(ނ) |
|
|
||
|
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހު، މި މާއްދާގެ (ނ) ގައިވާ މުއްދަތު ފާއިތުވާއިރު، ބިންތައް ދޫކުރެވިފައިވާ ފަރާތުން އެ ކަންކަން ފުރިހަމަކޮށްފައިނުވާނަމަ، ނުވަތަ އެ ކަންކަން ފުރިހަމަކުރުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކަށް ދޫކުރެވިފައިވާ ބިން ކައުންސިލަށް ނެގޭނެއެވެ. |
(ރ) |
|
|
||
|
މިއުޞޫލުގައި ކަޑައެޅިގެން އެކަމަކަށް ޢަމަލުކުރާނެގޮތެއް ވަކިން ބަޔާންކޮށްފައި ނެތްކަމެއް ދިމާވެއްޖަނަމަ އެކަމެއްގައި ޢަމަލުކުރާނީ، އެމައްސަލައާއިމެދު، ކައުންސިލްގެ މަޝްވަރާގެމަތިން ކައުންސިލް ޖަލްސާއިން ފާސްކުރުމަށްފަހު އެފާސްކުރާގޮތަކަށެވެ. |
|
|
މިއުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެގޮތް: |
||
|
މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ. |
(ހ) |
|
މާނަކުރުން |
||
|
"ޖަމްޢިއްޔާ ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2023/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރ: 2015/R-180 ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ކޮމިޝަނަރ އޮފް ސްޕޯރޓްސް ގެ ޖަމުޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިގެން ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. |
(ށ) |
|
|
||
|
މިއުސޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުން ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ރަށްވެހި ޚިދުމަތްތައް ދިނުމަށް ކަނޑައަޅާ އުސޫލެކެވެ. މިއުސޫލަށް ބަދަލުގެންނަން ޖެހިއްޖެ ޙާލަތެއްގައި ބަދަލު ގެނައުމާއި އުސޫލަށް ބައެއް އިތުރުކުރުމާއި، އުނިކުރުމާއި އަދި މިއުސޫލު ބާޠިލުކުރުމުގެ ބާރު އޭދަފުށީ ކައުންސިލަށް ލިބިގެންވެއެވެ. |
(ނ) |
|
|
||
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
|
|
އުޞޫލަށް ޢަމަލުކުރުން: |
||