މަސައްކަތް
ނަންބަރު: (IUL)GS-37-B/GS-37/2025/29
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 22 ޑިސެންބަރު 2025 14:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޫލް ސްކޫލު މަޝްރޫޢުގެ ދަށުން ކުލާސްރޫމުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

  1. ކޫލް ސްކޫލު މަޝްރޫޢުގެ ދަށުން މި މަރުކަޒުގައި ކޮންމެހެން ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 2025ޑިސެންބަރު 17 ން 2025 ޑިސެންބަރު 22 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 22 ވަނަ ދުވަހުގެނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025 ޑިސެންބަރު 25 ވަނަ ދުވަހުގެ 13:00ގައިފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
  6. މި މަސައްކަތުގެ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފ. އަތޮޅު ތަޢުލީމީ މަރުކަޒު/ފ.ނިލަންދޫ

ފޯން:  7952909

އީ-މެއިލް: [email protected]

27 ޖުމާދަލްއާޚިރާ 1447

17  ޑިސެންބަރު 2025

17 ޑިސެންބަރު 2025