ބީލަން
ނަންބަރު: (IUL)GS-151/2025/017
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 21 ޑިސެންބަރު 2025 00:00
އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގގެ އަދި ކުލާސްރޫމްތަކުގެ ދޮރުތައް މާރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގގެ އަދި ކުލާސްރޫމްތަކުގެ ދޮރުތައް މާރާމާތުކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތައް އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތުކުރުމުގެ މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރު 17 ން 2025 ޑިސެންބަރު 21 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑްރަޖިސްޓްރީފޯމް"ގެލިންކު: 

https://docs.google.com/forms/d/e/1FAIpQLSdcOcHO6BpxFZ8J2nZqV5qxcFsi_MzwhNKfEMWCWJWIUr5mjw/viewform

މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 21 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

މި ޕްރޮޖެކްޓްގެ މައުލޫމާތު ދިނުމުގެ ސެޝަން އަދި ސައިޓް އިންސްޕެކްޝަން އޮންނާނީ 21 ޑިސެންބަރ 2025 ވަނަ ދުވަހުގެ 10:00 ގައި އއ.މާޅޮހު ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 23 ވަނަ ދުވަހުގެ 11:00 ގައިއއ.މާޅޮހު ސްކޫލް އޮފީހުގައެވެ.

މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އއ.މާޅޮހު ސްކޫލް

ރޯޝަނީ މަގު އއ.މާޅޮސް، ދިވެހިރާއްޖެ.                                           

ފޯން:6660844    

އީ-މެއިލް: [email protected]

 

27 ޖުމާދުލްއާޚިރް 1447

17 ޑިސެންބަރު 2025