މަސައްކަތް
ނަންބަރު: GS57/BR/2025/02
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 21 ޑިސެންބަރު 2025 23:59
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މި ސްކޫލްގެ ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

1. ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މި ސްކޫލްގެ ކުލާސްރޫމްތައް އެއަރކޮންޑިޝަން ކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 17 ޑިސެމްބަރ 2025 ން 21 ޑިސެމްބަރ 2025 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު:https://forms.gle/cZAXnhZAK5Z58Kfm7

5. މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނީ 22 ޑިސެމްބަރ 2025ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލް އޮފީހުގައެވެ.

6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 24 ޑިސެމްބަރ 2025ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލުގެ ސައިންސް ލެބްގައެވެ.

7. މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.

8. މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ހުޅުދުއްފާރު ސްކޫލް

ބޮޑުތަކުރުފާނުމަގު، ރ. ހުޅުދުއްފާރު، ދިވެހިރާއްޖެ.                                      

ފޯން:  6580097 / 6580047

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

17 ޑިސެންބަރު 2025