ނީލަން
ނަންބަރު: 568-A/2025/19
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 23 ޑިސެންބަރު 2025 16:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައު ތަކެތި ނީލަން ކިޔުން

އިޢުލާން

މިކޯޓުގައި ހުރި ބައެއް ބައު ތަކެތި ނީލަން ކިޔުން:      

       މި ކޯޓުގައި ހުރި ބައެއް ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ، ތިރީގައި މިދަންނަވާ ތަކެތި ނީލަން ކިޔުން 2025 ޑިސެންބަރު 23 ވާ އަންގާރަ ދުވަހު 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2025 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކާވާ ތަކެތި ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމުގައި ނެންގެވި ތަކެއްޗަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 2025 ޑިސެންބަރު 24 ވާ ބުދަ ދުވަހުގެ 11:00ން ފެށިގެން 2025 ޑިސެންބަރު 25 ވަނަ ދުވަހުގެ 15:00އާ ހަމައަށް އޮންނާނެއެވެ. މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

#

އަދަދު

ތަކެތީގެ ބާވަތް

ނީލަން ކިޔަން ފެށޭނެ އެންމެ ކުޑަ އަގު

ފަހަރަކު އިތުރު ކުރެވޭ އަގު

1

2

ކަބަޑު ފައިލްބަހައްޓާލަކުޑި (ބިއްލޫރިލެއްވި)

300

10

2

1

ސެކްރެޓަރީ ޗެއަރ

140

10

3

2

އަލަމާރި

200

10

4

2

އަލަމާރި  (ލަކުޑި)

375

10

5

1

އޮފީސް މޭޒު

440

15

6

1

ކަޅު ހަން 1500ލ

500

15

7

2

ފެކްސް މެޝިން

100

10

8

1

ޓީވީ

400

15

9

3

އެއަރކަންޑިޝަން

500

15

10

1

ތަރުމޯޒު

45

5

11

1

ކޫލާރ (ސްޓެއިންލެސް ސްޓީލް)

150

10

12

1

ކޫލާރ (ޕްލާސްޓިކް)

40

5

13

5

ގޮނޑި (ނައިލޯނުފުރި)

25

5

              

                  27 ޖުމާދަލްއާޙިރާ 1447ހ.

                  17 ޑިސެމްބަރ 2025މ. 

17 ޑިސެންބަރު 2025