މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/69
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 24 ނޮވެންބަރު 2015 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ އިޢުލާން ނަންބަރު (IUL)MMPRC-HAS/1/2015/66 އާ ޙަވާލާދީ ދަންނަވަމެވެ.

މަތީގައި ހަވާލާ ދެވިފައިވާ މި ކޯޕަރޭޝަންގެ 2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު ދުވަހާއި މަޢުލޫމާތު ދިނުން ބޭއްވުނު ދުވަހާ ދެމެދު އެކަށީގެންވާ ވަގުތު ދެވިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، 2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 2015 ނޮވެންބަރު 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރެޝަނަށް (ވެލާނާގޭ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

07 ޞަފަރު 1437

17 ނޮވެންބަރު 2015