ދިވެހިރާއްޖެ
މިމަދަރުސާގެ ސައިންސްލެބް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް
2015 ނޮވެންބަރު 02 ގައި ކުރެވުނު ނަންބަރު GS78/IULAAN/2015/19 އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ދެފަރާތުން ހާޒިރުވުމާ ގުޅިގެން އެއިޢުލާން ކެންސަލްކޮށް އަލުން މިމަސައްކަތަށް އިޢުލާންކުރަމެވެ.
ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނަ އަހަރަށް ކުރެވޭ މަރާމާތުގެ ތެރެއިން ސައިންސްލެބް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 |
30 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނަށެވެ.
28 މުޙައްރަމް 1437