ބީލަން
ނަންބަރު: (IUL)SS/2025/65
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި:
22 ޑިސެންބަރު 2025 23:59
ޞަލާޙުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ޞަލާޙުއްދީން ސްކޫލްގެ ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ޞަލާޙުއްދީން ސްކޫލްގެ ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރު 16 އިން 2025 ޑިސެމްބަރު 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރެޖިސްޓްރޭޝަން ފޯމް" ގެ ލިންކު: https://forms.gle/zJ8DQXq3Q7J7nGiC9
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެންބަރު 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 07 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 ޑިސެންބަރު 21 ވާ އާދީއްތަ ދުވަހުގެ 09:00 ގައި ޞަލާޙުއްދީން ސްކޫލްގައިއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 24 ވަނަ ދުވަހުގެ10:30 ގައި މިސްކޫލުގެ 05 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައިއެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޞަލާޙުއްދީން ސްކޫލް ޕްރޮކިއުމަންޓް ސެކްޝަން
- ފޯން: 3302457
އީ-މެއިލް: [email protected]
16 ޑިސެންބަރު 2025