ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FRP/23/2025/12
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 30 ޑިސެންބަރު 2025 14:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދުން

އިޢުލާން

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދުން

    

     ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރުމަށް ޓަކައި ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ 99 ވަނަ މާއްދާގެ (ށ) ގެ (16) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވާލާފައިވާ " ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" އާންމުންގެ ޚިޔާލަށް ހުޅުވާލާމެވެ.

     މި ގަވާއިދަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2025 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވައި ދެއްވުން އެދެމެވެ.

ގަވާއިދުގެ ކޮޕީ ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ލިންކް: https://mfda.gov.mv/dv/publications/gaathundhey-kiruge-badhalugai-kudakudhinnah-dhey-baavaithah-dhivehiraaajeah-etherekurumaai-ufehdhumaai-viyafaareegai-beynunkurumugai-amalukuraanegothuge-gavaaidhu

16 ޑިސެންބަރު 2025