ޢާންމު މަޢުލޫމާތު
ނަންބަރު: GS-155/IUL-PR/BID/2025/004
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 23 ޑިސެންބަރު 2025 13:00
އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތްތަކުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭމަރާމާތްތަކުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

      ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު ލައިބްރަރީއަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

މައުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން

2025 ޑިސެމްބަރ 16 ން 2025 ޑިސެމްބަރ 18 ގެ 12:00 ގެނިޔަލަށް

adhomadhooschool.edu.mv/v2/forms

2025 ޑިސެމްބަރ 18 ވަނަ ދުވަހުގެ 13:00 ގައި

އޮމަދޫ ސްކޫލް ލައިބްރަރީ

 

2025 ޑިސެމްބަރ 23 ވަނަ ދުވަހު 13:00 ށް

        

           މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު  (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި ވާނެއެވެ.

              ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރި ކުރެއްވުމަށް މި ސުކޫލް ވެބްސައިޓަށް www.adhomadhooschool.edu.mv/v2/forms ޒިޔާރަތްކޮށް، ބީލާން ހުށަހެޅުމަށް ރެޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރަށްވާށެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.  

16 ޑިސެންބަރު 2025