މަސައްކަތް
ނަންބަރު: (IUL)420-PM/420/2025/44
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 05 ޖަނަވަރީ 2026 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ފޮލިސްޓޭޝަނުގެ ވަށާ ފާރު ރޭނުން

     މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ގދ. ރަތަފަންދޫ ޕޮލިސްޓޭޝަނުގެ ވަށާ ފާރު  ރޭނުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

     މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014 ) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

     ވިމާ މި ކައުންސިލުން ދޭ ކުރެހުމާއި މަސައްކަތުގެ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ބީލަން ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

     މިބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި މަސައްކަތުގެ ކުރެހުންތައް ރަޖިސްރީކޮށް އަދި ފައިސާ ދައްކާފައިވާ ފަރާތަކަށް އިމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެވާހަކަ ދެންނެވީމޭއެވެ.

 

ސުންގަނޑިތައް 

 

ބިޑު ރަޖިސްޓްރޭޝަން

  • މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ  ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ250(ދުއިސައްތަ ފަންސާސް ރުފިޔާ)އެވެ.
  • މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 22 ޑިސެމްބަރ 2025 (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ގޫގަލްލިންކް: https://forms.office.com/r/4bvTKi8kPK

ފައިސާ ދެއްކުން

  • ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު  ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  • ނޯޓް: ރެޖިސްޓަރީކުރުމަށް ދެއްކި ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.  
  • ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް

     ބޭންކް:  ބޭންކް އޮފް މޯލްޑިވްސް

    ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1

    އެކައުންޓް ނަންބަރ: 001 700301 7710

    ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734 / 7430889

މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރުމަށް ޕްރީބިޑް މީޓިން އޮންނާނ 23 ޑިސެމްބަރ 2025ވާ (އަންގާރަ) ދުވަހުގެ (ހެނދުނު) 10:00 ގައި  ކައުންސިލް އިދާރާގައެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނަވާނެއެވެ.  
  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން[email protected]  އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގުޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޖަނަވަރީ 2026 (ހޯމަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ޖަނަވަރީ 2026 ދުވަހުގެ 10:05ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.

16 ޑިސެންބަރު 2025