މަސައްކަތް
ނަންބަރު: (IUL)252/252/2025/133
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 24 ޑިސެންބަރު 2025 13:35
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ބައިވެރިވެފައިވާ ހއ.ފިއްލަދޫ ޓީމްގެ އެންމެހާ ކަންކަން އިންތިޒާމް ކުރާނެ ފަރާތެއް ހޯދުން

ނަމްބަރ:(IUL)252/252/2025/133

އިޢުލާން

"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ބައިވެރިވެފައިވާ ހއ.ފިއްލަދޫ ޓީމްގެ އެންމެހާ ކަންކަން އިންތިޒާމް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                    މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް "ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ބައިވެރިވެފައިވާ ހއ.ފިއްލަދޫ ޓީމްގެ އެންމެހާ ކަންކަން އިންތިޒާމް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                   ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 01/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކާއި، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.                   ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

                  މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި، ބީލަން ހުށަހަޅާ ފޯމް، އިޢުލާނާއި ގުޅިގެން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

ރަޖިސްޓްރޭޝަންފޯމް:  https://docs.google.com/forms/d/e/1FAIpQLScHNIhfkorb6r98TqFoOqsvKdBI_5dVEO7jNfE3BcBCANt1Ag/viewform?usp=publish-editor

ބީލަން ރަޖިސްޓްރީ ކުރުން

22 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން

މައުލޫމާތު ދިނުމުގެ ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައިނުވޭ

ޕްރޮޕޯޒަލް ބަލައިގަތުން

24 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:30 ގެކުރިން

ޕްރޮޕޯޒަލްތައް ހުޅުވުން

24 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 13:35 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                   ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500353 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޖުމާދަލްއާޙިރާ 1447ހ

16 ޑިސެމްބަރ 2025މ

16 ޑިސެންބަރު 2025