ދިވެހިރާއްޖެ
އިޢުލާނު
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއި އެކު ފަޅުރަށްތައް ބަލަހައްޓައިދޭ ފަރާތަގުގެ ޒިންމާތަކާއި، އެއްބަސްވުމުގައި ހިމެނޭނެ މުހިންމު މަޢުލޫމާތު އަދި ބަލަހައްޓަން އެދޭ ރަށްތަކުގެ ލިސްޓް އާއްމު ކުރެވިފައިވާނެއެވެ.
ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައިވާ، " ފަޅުރަށް ބެލެހެއްޓުމަށް އެދި ހުށައަޅާ ފޯރމް" މެދުވެރިކޮށް 30 ޑިސެމްބަރ 2025 ކުރިން ހުށައެޅުމަށް ދަންނަވަމެވެ. ފޯރމް އީމެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ރިސެޕްޝަނަށްވެސް ހުށައެޅިދާނެއެވެ.
- ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުކުރެވޭ މުއްދަތު: 2 އަހަރު
- ރަށް ބަލެހެއްޓަމުންދާ ގޮތަށްބަލާ އިޢުލާނު ކުރުމަކާނުލާ މި މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
- މި ގޮތަށް އިޢުލާނުކުރުމަކާ ނުލާ މުއްދަތު އިތުރުކުރެވޭނީ ގިނަވަގެން 2 ފަހަރުއެވެ. (ޖުމްލަ 6 އަހަރު)
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540424
އީމެއިލް: [email protected]
ކޮޕީ: [email protected]