ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-QA/182/2025/60
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި:
24 ޑިސެންބަރު 2025 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްވެރިކަންކުރާ އުޅަނދުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ގުޅޭ
އިޢުލާން
މަސްވެރިކަންކުރާ އުޅަނދުފަހަރަށް މި އޮތޯރިޓީން ދޫކުރަމުންދާ "އެކްސްޕޯޓްކުރުމަށް ޓަކައި މަސްވެރިކަންކުރާ އުޅަނދުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް" ދޫކުރުމުގެ ޚިދުމަތް ރަށްރަށުގެ ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކުގެ ޕަބްލިކް ހެލްތު ޔުނިޓްތަކުން 16 ޑިސެންބަރު 2025އިން ފެށިގެން ދިރިތި ޕޯޓަލް މެދުވެރިކޮށް ލިބެމުންދާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޜަންގެ ނަންބަރު 3034222 އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204އަށް ގުޅުއްވުމަށް ދަންނަވަމެވެ.
16 ޑިސެންބަރު 2025