ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2025/068
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 15 ޖަނަވަރީ 2026 23:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ޙިއްޞާދާރުން ޚިދުމަތްތަކަށް އެދޭ އައު ފޯމެއް ތަޢާރަފްކުރުން

މިކުންފުނީގެ އަމާޒަކީ ޙިއްޞާދާރުންނަށް ފަސޭހަކަމާއެކު ފުރިހަމަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށް ދިނުމެވެ.

އެގޮތުން، ޙިއްޞާދާރުންނާއި ގުޅޭ އެންމެހައި ޙިދުމަތްތަކަށް "ޙިއްޞާދާރުން ޚިދުމަތްތަކަށް އެދޭ ފޯމު" މެދުވެރިކޮށް މިހާރު އެދިލެއްވޭނެއެވެ. މިފޯމު ކުންފުނީގެ ވެބްސައިޓްއިންނާއި އެމް.ޓީ.ސީ.ސީ ޓަވަރުގެ މައި ކައުންޓަރުން ލިބިލައްވާނެއެވެ.

މީގެ އިތުރުން، ކުންފުނީގެ ޙިއްޞާދާރުންގެ ޕޯރޓަލް މެދުވެރިކޮށް ކުރިއެކޭ އެއްގޮތައް މިޚިދުމަތްތައް ލިބިލައްވާނެކަން ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

15 ޑިސެންބަރު 2025