ދިވެހިރާއްޖެ
Nepal Government Scholarship for MBBS |
|||
- 1 ބެޗެލަރ އޮފް މެޑިސިން އެންޑް ބެޗެލަރ އޮފް ސަރޖަރީ (އެމް.ބީ.ބީ.އެސް) |
ކޯހުގެ އަދަދު އަދި ނަން: |
||
ޤައުމު: ނޭޕާލް |
ބެޗެލަރސް ޑިގްރީ. |
ކޯހުގެ ލެވެލް: |
|
1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ބައޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ހިމެނެންވާނެއެވެ.) އަދި 2. ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މިތިން މާއްދާގެ ތެރޭގައި ހިމެނެންވާނީ ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް ނުވަތަ ހިސާބެވެ). އަދި 3. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ ގެ އިނގިރޭސި ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި 4. 20 ނޮވެންބަރު 2015 ގެ ނިޔަލަށް އުމުރުން 25 އަހަރު ފުރިފައިނުވުން. މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ. 5. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމް ހާސިލުކުރުމަށް އެހީ ލިބުނުފަހުން 18 ނޮވެންބަރު 2015 ގެ ނިޔަލަށް ތިރީގައިވާ ގޮތުގެ މަތިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމް ހާސިލްކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 6. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ. |
ކޯހުގެ ޝަރުޠުތައް: |
||
|
އިތުރު މަޢުލޫމާތު: |
||
|
ހުށަހަޅަންޖެހޭ ތަކެތި: |
||
ސުންގަޑި: 18 ނޮވެންބަރު 2015 (ބުދަ) ގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|||
ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341325 އިން ލިބިވަޑައިގަންނަވާނެއެވެ. |