ދިވެހިރާއްޖެ
2025 އޮކްޓޯބަރ 14 ގައި މަޑަވެއްޔަށް ކުރި ވިއްސާރައިގައި މިރަށުގެ ބައެއްގެތަކަށް ލިބުނު ގެއްލުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން އެހީ ދިނުމަށް ނިންމި ފަރާތްތަކަށް (ލިސްޓްގައި ފައިސާގެ އެހީ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަށް) ފައިސާގެ އެހީ ދިނުމުގެ ގޮތުން "ގޭބިސީ ކަށަވަރުކުރާ ފޯމް" އެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން "ގޭބިސީ ކަށަވަރުކުރާ ފޯމް" ފުރުން 15 ޑިސެމްބަރ 2025 ން ފެށިގެން 18 ޑިސެމްބަރ 2025 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:00 އަށް ކައުންސިލް އިދާރާގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ގޭގެ ވެރިފަރާތުން ފޯމް ފުރުމަށް ވަޑައިގަންނަވާއިރު ފައިސާ ޖަމާކުރާނެ އެކައުންޓުގެ ތަފްޞީލް އަދި އައި.ޑީ.ކާޑު ހިފައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި ގޭގެ ވެރިފަރާތަށް ވަޑައިގެންނެވެން ނެތްނަމަ، ވެރިފަރާތުގެ ބަދަލުގައި ފޮނުވާ މީހެއްގެ މަޢުލޫމާތު އެގޭގޮތަށް ސިޓީ/މެއިލް އަކުން ކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ.
2025 އޮކްޓޯބަރ 14 ގައި މަޑަވެއްޔަށް ކުރި ވިއްސާރައިގައި ސަރުކާރުން ދީފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ފޯމް ފުރާ ފަރާތްތަކަށް ކަމަށްވާތީ، ފޯމް ފުރުމަށް ވަޑައިގެންނެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދި ދެންނެވީމެވެ.
މިއިޢުލާނާއި އެކު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ނަމްބަރު 469-EM/416/2025/2 (11 ޑިސެމްބަރ 2025) ސިޓީއާއި އެކު ފޮނުވާފައިވާ ލިސްޓް ޢާންމުކުރީމެވެ.