ދިވެހިރާއްޖެ
އިޢުލާން
ސްޓެޕް އެޕަރެންޓިސް ޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ޓޫރިޒަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާާއްޞަކޮށް ހިންގާ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތިންވަނަ ބެޗްގެ ބައެއް ރިސޯޓްތަކަށް 2016 ވަނަ އަހަރުގެ ކުރީކޮޅު ބައިވެރިން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުތު: އޯލެވެލް އިނގިރޭސިން B (ބީ) ގްރޭޑޭ ލިބިފައިވުމާއެކު އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުން
މުއްދަތު: 1 އަހަރު
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު 12 ނޮވެންބަރު 2015 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ބޯޅަގެ)، މާފަންނު ޔޫތު ސެންޓަރ، އަތޮޅު ކައުންސިލްގެ އިދާރާތައް، ރަށު ކައުންސިލްގެ އިދާރާތައް އަދި ޒުވާނުންގެ މަރުކަޒުތަކުންވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ. އަދި ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރގެ ފޭސްބުކް ޕޭޖް:National Career Guidance Centre އިން ވެސް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއިއެކު އައިޑީ ކާޑުގެ ކޮޕީ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (ހެންވޭރު ބޯޅަގޭގެ 02 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަށްރަށުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (އެން.ސީ.ޖީ.ސީ):- އީމެއިލް: [email protected]
- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ :- ފޯން:3312879 / 3320937 / 3326986 ހިލޭގުޅޭ ނަންބަރު: 1456
28 މުޙައްރަމް 1437