ދިވެހިރާއްޖެ
ނަންބަރ: GS41-IUL/2025/22
އިޢުލާން
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ހޯލާއި ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތު
ކޫލްސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލުގެ ކްލާސްރޫމްތަކާއި ހޯލް، އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޑިސެންބަރު 2025 އިން 21 ޑިސެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް، މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ބީލަން ހުޅުވާލެ ވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް، 16 ޑިސެންބަރު 2025 އިންފެށިގެން 21 ޑިސެންބަރު 2025ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 22ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
އިރުޝާދިއްޔާ ސްކޫލް
ފޯން: 6891618
އީ-މެއިލް: [email protected]
25 ޖުމާދަލް އާޚިރާ 1447
15 ޑިސެންބަރު 2025