ދިވެހިރާއްޖެ
ސްކޫލްގެ ހޯލް އިމާރާތުގެ ސީލިގިން އަދި ކުލަ އާކުރުން
މި ސްކޫލުގެ ހޯލްއިމާރާތްތަކުގެ ސީލިންގް ބަދަލުކުރުމާއި ކުލަ ދަވާދުއާކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
1. މަސައްކަތާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
2. މަޢުލޫމާތު ސާފުކުރުން ޝައުޤުވެރިވާ ފަރާތްތަކަށް 2025 ޑިސެމްބަރު 16 އަދި 23 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް އެ ތަންތަން ބެއްލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޑިސެންބަރު 2025 އިން 23 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
https://forms.gle/WuWSGd2mDkbVko8HA
3. ބިޑް ހުޅުވުން އޮންނާނީ 24 ޑިސެންބަރު 2025 ވަނަ ދުވަހުގެ ހެނދުނު 13:00 ގައި މިސްކޫލުގައެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ.
- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސްކޫލުގެ އިދާރީ ބަޔާ ގުޅުއްވުން އެދެމެވެ.
15 ޑިސެމްބަރު 2025.