ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2015/25
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 23 ނޮވެންބަރު 2015 13:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:     

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން

ޕްރޮކިއުމެންޓް

ބޭނުންވާ އަދަދު:

1  (އެކެއް)

ރޭންކް:                

MS 3

މަޤާމުގެ  ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮއްފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، MS 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. އޮފީހަށް ހޯދަން ބޭނުންވާ ތަކެތި، ސަރުކާރުގެ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން ހޯދުން.
  2. މުހިންމު ތަކެތި ހޯދުމުގައި، އެ ތަކެތި ދަނެގަތުމަށްޓަކައި ފިހާރަތަކަށް ގޮސްބަލައި ސާންޕަލް ނެގުމާއި ކޯޓޭޝަން ހޯދުން.
  3. ކޯޓަށް ތަކެތި ނުވަތަ ޚިދުމަތް ހޯދުމަށް އެކިސެކްޝަންތަކުން ލިބޭ ރިކުއެސްޓުތަކުގެ ލިސްޓު، ކޮންމެ ދުވަހަކުވެސް ތައްޔާރުކޮށް، އެތަކެތި ހޯދޭނެ ތާރީޚެއް ކަނޑައަޅައި، އެ ތާރީޚަކަށް އެ ތަކެތި ހަވާލުކޮށް، ރެކޯޑް ބެލެހެއްޓުން.
  4. ކޮންމެ ދުވަހަކުވެސް، އެކިސަބަބުތަކާހުރެ ނުހޯދި ލަސްވާ ތަކެތި ރިވިއުކޮށް، އެކަން އަވަސްކުރެވޭނެ ގޮތްތައް ލިސްޓުކޮށް، ސުޕަވައިޒަރާ އެކަން ހަވާލުކޮށް، ސުޕަވައިޒަރު އިރުޝާދުދޭ ގޮތެއްގެމަތިން އެކަން ފުރިހަމަކުރަމުން ގެންދެއުން.
  5. ތަކެތި ހޯދުމަށް އިޢުލާނުކުރުމާއި، ބިޑް ބަލައިގަތުމާއި،  ޚަރަދުކޮމިޓީއަށް ބިޑްތައް ފޮނުވައިގެން ޚަރަދުކޮމިޓީން ނިންމާގޮތެއްގެމަތިން އެ ތަކެތި ހޯދުން.
  6. ޚަދަދު ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި، ޚަރަދު ކޮމިޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7.  މާލިޔަޔަތު ޤާވާޢިދު، ސެކްޝަނުގެ މުވައްޒަފުންނަށް ކޮންމެ ތިންމަހަކުން އެއްފަހަރު ކިޔައިދީ އޮޅުންފިލުވައި، އޮޅުންއަރާފަދަ މާއްދާއެއްވާނަމަ ސުޕަވައިޒަރުގެ ސަމާލުކަމަށް އެކަން ގެނެއުން.
  8. ކޯޓަށް ގަންނަ ތަކެތީގެ ތަފާސް ހިސާބު (އެންމެ ގިނައިން ބޭނުންކުރެވޭ ތަކެތި، އެކި ސެކްޝަންތަކަށް ހޯދޭ ތަކެތި) ނަގައި ރިވިއުކޮށް ބެލެހެއްޓުން.
  9. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް، ރަސްމީގަޑީގައްޔާއި، ނުރަސްމީ ގަޑީގައި ދިމާވާ ޚާއްޞަ ކަންކަމާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
  10. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުވުމަށްޓަކައި ކޯޓުން ކަނޑައަޅާ ކޯސް، ސެމިނާރު، ވޯކްޝޮޕާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

މުސާރަ:

-/7035މ ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/ 2000 ރުފިޔާ (ދެހާސް ރުފިޔާ) އާއި، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %45 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމް.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭގޮތަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  7. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  8. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  9. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން.
  10. ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން
  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40

- ލިބިފައިވާ ތަޖުރިބާ: % 8

- ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40

- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓް ދެވޭނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) % 7

- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓް ދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓް ދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

ނޯޓު:

މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ސުންގަޑި:

23 ނޮވެންބަރު 2015 ގެ 13:00

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015