ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2015/24
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 23 ނޮވެންބަރު 2015 13:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މަޤާމް:

ޑްރައިވަރ

ސެކްޝަން:

ދިވެހިރާއްޖޭގެ ހައިކޯޓް / މާލެ

ބޭނުންވާ އަދަދު:

1  (އެކެއް)

ރޭންކް:                

SS2

މަޤާމުގެ ޝަރުޠު:

1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް (ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ ކެޓަގަރީ B1 ގެ ލައިސަންސް)/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މީހެއްކަމުގައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، SS1 ގެ ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ހައިކޯޓްގެ ބޭނުމަށްޓަކައި، ފަނޑިޔާރުންނާއި މުވައްޒަފުން ގޮވައިގެން ދަތުރުތައް ކުރުން.

2. ވެހިކަލްގެ މަރާމާތުތައް ކުރަމުން ގެންދިޔުމާއި، ވެހިކަލަށް ބޭނުންވާ ތެޔޮ މަދުނުވާވަރަށް އަޅާފައި ބެހެއްޓުމާއި، ކޮންމެ ތިންމަހުން އެއްމަހު އަޑީތެޔޮ ބަދަލުކުރުން.

3. ވެހިކަލް ދޮވެ ސާފުކޮށް، ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

4. ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން މަރާމާތުކުރުން.

5.ރައްކާތެރި ތަނެއްގައި ރައްކާތެރިގޮތެއްގައި އުޅަނދު ބޭއްވުމާއި،  އުޅަނދު ދުއްވުމުގައްޔާއި ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ފަރުވާތެރިވުން.

6. ދަތުރުތައް ކުރަންޖެހިފައި ނެތްވަގުތުތަކުގައި އޮފީހުން އިންތިޒާމްކުރާގޮތެއްގެމަތިން ހައިކޯޓުގެ ސެކްޝަންތަކުގައި ބޯފެން ބެހެއްޓުން، ގަސްމުށި ބެހެއްޓުން، ކާޕެޓް ސާފުކުރުން، ތަކެތި ގަތުމާއި އަގުބެލުން، ގޮޑި މޭޒުފަދަ ތަކެތި އުފުލުން، އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރުން ފަދަ މަސައްކަތް ކުރުން.

މުސާރަ:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %45 (1561.50, ފަނަރަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސް ލާރި) އާއި، ލިވިންގ އެލަވަންސްގެގޮތުގައި -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ (ކެޓަގަރީ B1)  ލައިސަންސްގެ ކޮޕީ،
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  5. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ / އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ލިޔަން ކިޔަން ދަންނަކަން އަންގައިދޭ ލިޔުން،
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  7. ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ވަޒީފާއަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެ މިންގަނޑުތައް:

  • ލިބިފައިވާ ހުނަރާއި ޤާބިލްކަން ބެލުމަށް  ކުރެވޭ އިންޓަވިއު  %35
  • ލިބިފައިވާ ތަޢުލީމަށް  %30
  • ލިބިފައިވާ ތަޖުރިބާއާއި ތަމްރީން %35
ނޯޓު:

މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

ސުންގަޑި:

23 ނޮވެންބަރު 2015 ގެ 13.00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

 

- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www.highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 މުޙައްރަމް 1437

 

05 ނޮވެންބަރު 2015