ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2025/187
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:13
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކ.މާފުށީ ޖަލު ޔުނިޓް 4ގެ ވިންގް 1ގެ ސެލް 1 އިން 5 އަށް އަދި އައްސޭރި ޖަލުގެ ޔުނިޓު 2ގެ ވިންގު 1 އަދި 2 އަކީ އާއްމު ޖަލެއްގެ ގޮތުގައި ކަނޑައެޅުން

އިޢުލާން

                   ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން މާފުށީ ޖަލު ޔުނިޓް 4ގެ ވިންގް 1ގެ ސެލް 1 އިން 5 އަށް އަދި އައްސޭރި ޖަލުގެ ޔުނިޓު 2ގެ ވިންގު 1 އަދި 2 އަކީ އާއްމު ޖަލެއްގެ ގޮތުގައި 2025 ނޮވެމްބަރު 23 ގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިޖަލުތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދަށުން ހިނގާ ޖަލުތަކެއްކަން އަންގަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.

 

-----------------------

15 ޑިސެމްބަރު 2025

15 ޑިސެންބަރު 2025