މަސައްކަތް
ނަންބަރު: (IUL)340/340/2025/72
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 23 ޑިސެންބަރު 2025 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ޕޮލިސް ސްޓޭޝަންގެ އިރުމަތީ އިންފާރު ރޭނުމުގެ މަސައްކަތް:

           މި އިޢުލާނާއެކު ހިއްސާކުރެވޭ މަޢުލުމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރަސްދޫ ޕޮލިސް ސްޓޭޝަން ހުރި ބިމުގެ އިރުމަތީ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           މި ބީލަމުގައި ބައިވެރިވެވޭނީ، މި އުޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓުތަކުގެ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު)ގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ.

           މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 23 ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އީމެއިލަށް، ރަޖިސްޓަރީވެލައްވާ ފަރާތުގެ ނަން/ ކުންފުނި/ވިޔަފާރިގެނަން ގުޅޭނެ ނަންބަރު ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

           މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

           މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 ޑިސެންބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.                  

           މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 ޑިސެންބަރު 24 ވަނަ ދުވަހުގެ 10:15 ގައި މި އިދާރާގައެވެ.

15 ޑިސެންބަރު 2025