ދިވެހިރާއްޖެ
މަސައްކަތް
އަންދާސީހިސާބު ބޭނުންވެއްޖެ.
މިޔުނިވަރސިޓީގެ ނަންބަރު: B/I/2015/89-ފ170 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
މި ޔުނިވަރސިޓީގެ ޢިމާރާތުގައި ހަރުކުރެވިފައިވާ މިޓްޗިބްޝީ ލިފްޓް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
19 ނޮވެންބަރު 2015 |
ބުރާސްފަތި |
10:30 |
އަންދާސީހިސާބު ހުށަހެޅުން |
25 ނޮވެންބަރު 2015 |
ބުދަ |
10:30 |
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
30 މުޙައްރަމް 1437