މަސައްކަތް
ނަންބަރު: (IUL)141-P/141/2025/150
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:32
ސުންގަޑި:
25 ޑިސެންބަރު 2025 09:00
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ހުޅުމާލެ މިނީކޮމްޕްލެކްސްގެ ޓީޓީ ހޯލްގައި ހަރުކުރެވިފައިވާ އޭސީތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 16ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/p8fjNwJEqokAg2yR6
- ބީލަމާއި ގުޅޭގޮތުން ޕްރީ ބިޑް މީޓިންގ އޮންނާނީ 17 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
14 ޑިސެންބަރު 2025