މަސައްކަތް
ނަންބަރު: 416-A/2015/76
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 19 ނޮވެންބަރު 2015 13:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރުގެ ޕައުންޑޭޝަން އަޅައި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާގެ ނަންބަރު: A/2015/74-ފ416 (04 ނޮވެންބަރު 2015) ގެ އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ

މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް ގދ. މަޑަވެލީ ފުޓްސެލްދަނޑުގެ ވަށާފާރުގެ ޕައުންޑޭޝަން އަޅައި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުރުކުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

13:00

ބުރާސްފަތި

19 ނޮވެންބަރު 2015

މަޢުލޫމާތު ސާފުކުރުން

09:00

އާދީއްތަ

22 ނޮވެންބަރު 2015

އަންދާސީހިސާބު ހުށަހެޅުން

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ނޮވެންބަރު 2015