ބީލަން
ނަންބަރު: (IUL)GS86/2025/43
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 22 ޑިސެންބަރު 2025 10:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލް އެއަރކަންޑިޝަންކުރުމަށް ކުރަންޖެހޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

1          ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި، ހޯލްގެ ސީލިންގ އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2         ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

3         މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

4         މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެންބަރ 14 ން 2025 ޑިސެންބަރ 22 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/7oQtMfP2Qs4NquaV7

5         ބީލަމުގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސިސްޓަމަށް ދިމާވާ މައްސަލައަކާ ގުޅިގެން ރަޖިސްޓްރީ ނުކުރެވޭނަމަ، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ކުރިން މި އިޢުލާންގެ 10 ވަނަ ނަމްބަރުގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް ހުށަހެޅުމުން އެފަރާތެއް ރަޖިސްޓްރީކޮށްދެވޭނެއެވެ.

6         މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025ޑިސެންބަރ 22 ވާ ހޯމަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ.

 

7         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ޑިސެންބަރ 24 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލުގައެވެ.

 

 

8          އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

9         ތުރާކުނު ސްކޫލް

10     ހއ. ތުރާކުނު، ދިވެހިރާއްޖެ

11     ފޯން: 6500547

12     އީ-މެއިލް: [email protected]

14 ޑިސެންބަރު 2025