ކުއްޔަށް ދިނުން
ނަންބަރު: (IUL)138-DS1/426/2015/40
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 29 ނޮވެންބަރު 2015 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޤްތިޞާދީ ބޭނުންމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ދޫކުރުން

އިޢުލާން

އިޤްތިޞާދީ ބޭނުންމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ދޫކުރުން.

ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ، ރާއްޖޭގެ ރަށްރަށުގެ ބިންތައް އެކިއެކި އިޤުތިޞާދީ ކަންކަމުގައި، ވިޔަފާރި އުސޫލުން މުޢާމަލާތްކޮށްގެން، އިތުރު އާމްދަނީއާއި ވަޒީފާ ހޯދޭނޭ މަގުތައް ފަހި ކޮށްދީ، ރަށްރަށުގައި އިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ބިން، ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން ނުވަތަ ބިން ވިއްކުމުގެ ސިޔާސަތުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު "މިނިސްޓްރީތަކާ ހަވާލު ކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތް ކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީން، ރަށްރަށުން  އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ބިންދޫކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް މިހާރު ވަނީ ފެށިފައެވެ.

"އިޤްތިޞާދީ ބޭނުންމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިންދޫކުރުން" މި ޕްރޮޖެކްޓް ގެ ފުރަތަމަ ފިޔަވަހީގައި ހިމެނިފައިވާ ރަށްރަށާއި ދޫކުރެވޭ ބިންތަކާބެހޭ މަޢުލޫމާތާއި ޕްރޮޕޯސަލް ހުށަހަޅަންވީ ގޮތާއި މިކަމަށް ތައްޔާރުކުރެވިފައިވާ ފޯމާ، އަދި މިނޫންވެސް އިތުރު މަޢުލޫމާތު، 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓު އިން (www.mhe.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، އާމްދަނީ ލިބޭނޭ ވަސީލަތެއްގެ ގޮތުގައި، ވިޔަފާރި އުސޫލުން ރަށްރަށުން ބިން ބޭނުންކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން (ރަސްމީ ގަޑީގައި) ޕްރޮޕޯރސަލް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެވިފައި އޮންނަންވާނެއެވެ. އަދި  "އިޤްތިޞާދީ ބޭނުންމަށް ވިޔަފާރި އުސޫލުން ރަށްރަށުން ދޫކުރާ ބިން ހޯދުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު، ބަލައިގެންކަން އެނގޭނޭ ލިޔުމެއް ދޫކުރެވޭނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ. ނުވަތަ މި މިނިސްޓްރީއިން ދޫކުރާފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށަހަޅުއްވާ ޕްރޮޕޯސަލްތައްވެސް ބާޠިލުކުރެވޭނެއެވެ.

އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004322 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 112 އާ ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015