ބީލަން
ނަންބަރު: GS91/IUL/2025/57
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި:
25 ޑިސެންބަރު 2025 11:30
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ނޭކުރެންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް
01 ޖެނުއަރީ 2026 ން 31 ޑިސެމްބަރ 2026 ގެ ނިޔަލަށް (1 އަހަރަށް) މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- · މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޑިސެންބަރު 14 އިން 2025 ޑިސެމްބަރު 18 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ގެޒެޓް ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2025 ޑިސެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޑިސެމްބަރު 25 ވާ ބުރަސްފަތި ދުވަހުގެ 11:30 ގައި މި ސްކޫލްގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޭކުރެންދޫ ސްކޫލް
ހދ.ނޭކުރެންދޫ، ދިވެހިރާއްޖެ
ފޯން: 6520528، 6520553
އީ-މެއިލް: [email protected]
14 ޑިސެންބަރު 2025