ދިވެހިރާއްޖެ
އިޢުލާން
ވޭން އަދި ޖީޕް މަރާމާތުކުރުން:
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ރަޖިސްޓަރީ ނަންބަރު: B1A3885 ވޭން އަދި ރަޖިސްޓަރީ ނަންބަރު: B1A3529 ޖީޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)425-A1/1/2015/95 (28 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން މިކަމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުން ހުށަހެށި ޕްރޮޕޯސަލްތަކުގައި މުހިއްމު ބައެއް ލިޔުންތައް ހިމަނާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު | ތާރީޚު | ތަން | ދުވަސް | ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް | 22 ނޮވެންބަރު 2015 | މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާއައިސާރަނި ހިނގުން | އާދީއްތަ | 13:00 |
އަގު ހުށަހެޅުއްވުމަށް | 29 ނޮވެންބަރު 2015 | މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާއައިސާރަނި ހިނގުން | އާދީއްތަ | 13:00 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
30 މުޙައްރަމް 1436