މަސައްކަތް
ނަންބަރު: (IUL)334/334/2015/97
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 30 ނޮވެންބަރު 2015 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް ވައިރުކުރުމާއި، ކަރަންޓު އިންޖީނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން

ކަރަންޓް ވައިރުކުރުމާއި، ކަރަންޓު އިންޖީނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ސަރުކާރުން ދޫކުރައްވާ "ކަރަންޓް ވައިރު ކުރުމުގެ ހުއްދަ" ލިބޭ މިންވަރަށް ކަރަންޓް ވައިރު ކުރުމާއި، ކަރަންޓް އިންޖީނު ހިންގައި ބެލެހެއްޓުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކ.ހުރާގައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ގަބޫލުކުރާ ފެންވަރުގެ ސެޓުފިކެޓެއް ދެއްވަންޖެހޭނެއެވެ.

އެހެންކަމުން، މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ހިންގަން ބޭނުންވާ ތަމްރީނާ ބެހޭގޮތުން މަޢުލޫމާތު ދިނުން 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެނުލައްވަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކަރަންޓް ވައިރުކުރުމާއި، ކަރަންޓު އިންޖީނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި މިކައުންސިލުން ކޮށްފައިވާ ނަންބަރު IUL334/334/2015/87 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައި ކަމުގައި ދަންނަވަމެވެ.

ވީމާ، ދެންނެވި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ލިބިގެންދާނެ މަޢުލޫމާތާއި ތަމްރީނުތަކުގެ މިންވަރާއި ހޭދަވާނެ މުއްދަތު އެނގޭގޮތަށް ތާވަލެއް ހައްދަވައި އަދި މި ތަމްރީނު ޕްރޮގްރާމް ހިންގައިދެވޭނެ އަގު ބަޔާންކުރައްވައި ޕްރޮޕޯޒަލެއް ތައްޔާރު ކުރައްވައި 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ޞަފަރު 1437

16 ނޮވެންބަރު 2015