ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2025/186
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 25 ޑިސެންބަރު 2025 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

                          (IUL)10-C/10/2025/186:ނަންބަރު                                                        

އިޢުލާނު

 

މަޤާމު:

ސީނިއަރ ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-394177

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް / ކ.މާލެ

މުސާރަ:

މަހަކު 13،100.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 6،110.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 165.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެންޓި-ހިއުމަން ޓްރެފިކިންގ އާ ގުޅޭ ގާނޫނުތަކާއި، ޕީޕަލް ސްމަގްލިންގ ގާނޫނުހަދާ ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުމާއި، ގަވާއިދުތަކާއި އަދި އުސޫލުތައް ތަންފީޒުކުރުމުގެ ޤާނޫނީ މަސައްކަތްތައް ކުރުން.
  2. ސަރަހައްދީ އަދި ބައިނަލްއަޤްވާމީގޮތުން ދިވެހިރާއްޖެ ސޮއިކޮށްފައިވާ ހިއުމަންޓްރެފިކިންގގެ ޕީޕަލް ސްމަގްލިންގގެ އެންމެހާ މުޢާހަދާތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްދޭތޯ ބެލުމާއި މިކަންކަމާގުޅޭ ޤާނޫނީ ކަންތައްތައް ކުރުން.
  3. ހިއުމަން ޓްރެފިކިންގ އާބެހޭ ބައިނަލްއަޤްވާމީ ޕްރޮޓޮކޯލްތަކަށް ޢަމަލުކުރުމާއި، އެކަންތައްތަކާގުޅޭ މަސައްކަތްތައް ކުރުން.
  4. ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު) އަދި ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަންޕްލޭންގައި ހިމެނޭ ކަންތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން ޝާމިލްވެ، ހިއުމަން ޓްރެފިކިންގއާއި ގުޅޭ "ފީލްޑް ވިޒިޓް" ތަކުގައި ބައިވެރިވުން.
  5. ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު) އާއި ގުޅިގެން އެންޓި- ޓިޕް އޮފީހުން ހަދަންޖެހޭ ހިއުމަން ޓްރެފިކިންގ އާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އަދި އުސޫލުތައް ހެދުމުގައި ޤާނޫނީ ލަފާދިނުމާއި، އަމަލީގޮތުން އެ މަސައްކަތްކުރުން.
  6. ހިއުމަން ޓްރެފިކިންގގެ މައްސަލަތަކާއި ގުޅިގެން މިނިސްޓްރީގެ ލަފާ ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުންނާއި، އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ފޮނުވާ ސިޓީތަކަށް/ ކޮމިއުނިކޭޝަންތަކަށް ގާނޫނީ ލަފާ ދިނުމާއި، ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވުން.
  7. ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ޤައުމީ ފެންވަރުގައި އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ހިއުމަން ޓްރެފިކިންގ އަދި ޕީޕަލް ސްމަގްލިންގފަދަ އޯގަނައިޒްޑް ކްރައިމްތައް ހުއްޓުވުމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރުމަށް އެންޓި- ޓިޕް އޮފީހުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުމާއި، ހިއުމަން ޓްރެފިކިންގ ހުއްޓުވުމާއި ގުޅޭ ޖަލްސާ، ވޯކްޝޮޕް އަދި ސެމިނާރތަކުގައި ބައިވެރިވުން.
  8. ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު) އާއި އެއްގޮތްވާ ގޮތުގެ މަތިން، އެންޓި- ޓިޕް އޮފީހުން ކުރާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ޤާނޫނީ ލަފާތައް ތައްޔާރުކުރުމާއި، އެންޓި-ޓިޕް އޮފީހުގެ މަސައްކަތްތަކާއި ގުޅޭ ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ޓްރެފިކްކުރެވިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު) އާއި އެއްގޮތްވާ ގޮތުގެ މަތިން، ޓްރެފިކްކުރެވިފައިވާ ފަރާތްތަކަށް އެންޓި ޓިޕް އޮފީހުން ޤާނޫނީގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. ޓްރެފިކްކުރުމުގެ އަމަލާ ގުޅޭގޮތުން ހިންގޭ ތަހުޤީގު ނުވަތަ އެ އަމަލާ ގުޅޭ ޖިނާޢީ ޝަރީއަތްތަކުގައި، ޓްރެފިކްކުރެވިފައިވާ ފަރާތަށް ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ޓްރެފކިންގ ޝިކާރައަށް ވެފައިވާ ފަރާތަކީ ޓްރެފިކްކުރެވިފައިވާ ފަރާތެއްކަން ކަނޑައެޅޭ ހިސާބުން ބަދަލުހޯދުމުގައި މަދަނީ ދައުވާ އުފުލުމަށް ކުރުން.
  12. ޓްރެފިކްކުރެވޭ މީހުން ކަމުގައި ބެލެވޭ މީހުންނަށް ޙިމާޔަތް ލިބިދެވޭނެ ދާއިރާއާއި، ޙިމާޔަތް ދިނުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު) އިން ހަދާ ޤަވާއިދުތައް ހެދުމުގެ މަސައްކަތްކުރުން.
  13. ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު)ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ހިއުމަން ޓްރެފކިންގގެ މައްސަލަތައް މިނިސްޓްރީގައި އިސްތިއުނާފު ކުރުމުގެ މަސައްކަތްކުރުން.
  14. ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ޤާނޫނު)ގެ ދަށުން ހިއުމަން ޓްރެފިކިންގއާއި ގުޅޭ މައުލޫމާތު ކަށަވަރުކުރުމަށް އެދި ބޭރުގެ ފަރާތްތަކުން ދިވެހި ސަރުކާރަށް ހުށަހަޅައިފި ހިނދެއްގައި، އެ މަޢުލޫމާތާއި ލިޔެކިޔުން ކަށަވަރުކުރުން.
  15. އެންޓި ޓިޕް އޮފީހުގެ މަސައްކަތްތަކާއި ގުޅުންހުރި އެހެން މުއައްސަސާތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި އެކުގައި މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

ލޯ / ޝަރީޢާ އެންޑް ލޯ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

ލޯ / ޝަރީޢާ އެންޑް ލޯ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ލޯ ގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ލޯ
  2. ޝަރީޢާ އެންޑް ލޯ

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 2025 ޑިސެންބަރު 30 އާއި 2026 ޖަނަވަރީ 08 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031543 ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

                             20 ޖުމާދަލްއާޚިރާ 1447

11 ޑިސެންބަރު 2025