މަސައްކަތް
ނަންބަރު: 113-PRC/I-2015/133
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 22 ނޮވެންބަރު 2015 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ޕާރޓްޝަން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކުރުމާބެހޭ:

މިކުންފުނީގެ ބޭނުމަށް އޮފީސް ޕާރޓްޝަން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ މި މަސައްކަތް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މައުލޫމާތު ސާފު ކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00

24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

                30 މުހައްރަމް 1437

12 ނޮވެންބަރު 2015